ގއ. ވިލިގިލީގައި ގެއެއްގެ ހިންގި މާރާމާރީއެއްގައި މީހަކު އޭނާގެ ކުރީގެ އަނބިމީހާގެ ދައްތަގެ އިނގިލީގައި ދަތްއަޅާ އިނގިލި ބުރިކޮށްލި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަނދުކުރަން އަމުރުކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ގ. ޗެރީ ހައުސް އަލީ ހަސަން، 35، އެވެ.
ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާއިރު ކޯޓުގެ ހުރުމަތް ކަނޑާލާފައިވާތީ އޭނާއަށް 150 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
އެ ހާދިސާ ހިނގައިފާ ވަނީ ކުރީގެ އޭނާގެ ކައިވެންޏަށް ލިބިފައިވާ ދަރިންތަކެއް ވަގަށް ނަގަން ދަންވަރު ވަގުތެއްގައި އެ ގެއަށް ވަދެ އުޅެނިކޮށް ފަޅާއަރައި ހިންގި މާރާމާރީގައެވެ. އެ މާރާމާރީގައި ތިން އަހެނަކާއި އެއް ފިރިހެނަކަށް އެކި ވަރުގެ އަނިޔާވެފައިވާއިރު 39 އަހަރުގެ އަންހެނެއް އިނގިލީގައި ދަތް އަޅާ ބުރިކޮށްލައިފާވާއިރު 31 އަހަރުގެ އަންހެނެއްގެ މުލަށްދަޑީގައި ވަނީ ދަތް އަޅާފައެވެ.
އަދި 60 އަހަރުގެ އަންހެނެއްގެ އިނގިލި ބިންދާފައިވާއިރު 74 އަހަރުގެ ފިރިހެނެއްގެ އަނގަ މަތި ވަނީ ފަޅާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަލީގެ ކުރީގެ އަންހެނުންނާއި އޭނަގެ މަންމަ އަދި އެ އާއިލާގެ ފިރިހެނެކެވެ.
އޭނާގެ ދަރިން ނަމާދަށް ގެންދިއުމަކީ ދީނީ ގޮތުން ހަރުކަށިވުން ތޯ. ދަރިން ވަގަން ގެންދަންޏާ ޢީދު ވިލޭރޭއަށް އެކަނިތަ އެގެއަށް ދިޔައީތޯ. ފަހު ދިހައެއްގަ ހުރިހާ ރެއްގަ ނަމާދަށް ފޮނުވިކަން ތި ފަރާތަށް އިނގޭތޯ. ސުތުހީގައި ލިޔެފައިވާ ފަދައިން ގަސްދުގަ އިނގިލި ކާލީތޯ. ނުވަތަ ގޭގެ ދޮރު ނުހުޅުވީމަ ދޮރުގަ ތަޅާ އަޑު ގަދަ ކުރީމަ ގެއިން ދޮރު ހުޅުވި ފިރިހެނާ ޔާ މި މީހާ ޔާ ދެމެދު ހިނގި ޖުވާބާ މާރާމާރީގެ ގެތެރެއިން އެކަން ދުރުކުރަން އައި އަންހެނުންނަށް ލިބިގެން ދިޔަ އަނިޔާއެއް ނޫންތޯ. އެމީހާ އަކީ ހިލޭ އަންހެނުންނާ ވާގ ވާހަކަ ނުދައްކާ މީހެއްކަމަށް އެ ޢާއިލާ މީހުން ވެސް ބުނެ. ވީއިރު ސުވާލު އުފެދޭ. ސުރުހީ ގައިވާ ޖުމްލައިން..... ކޮންމެ ކަމެއްގެ ދެކޮޅު ބެލުން އޮވޭ..... އަނިޔާ ލިބުނު ފަރާތްތަކަށް ކެތްތެރިކަން ދެއްވާ. ޖަރީމާ ހިންގާ ކުށް ކޮށް އެކުށް ސާބިތު ވުމުން ހައްގު އަދަބު ލިބެން ޖެހޭނެ. އިސްލާމްދީނުގަ ސަރީޢަތުގެ މަޖްލިހުގައި ޤާޒީން ކުރިމަތީ ނުތެދުވުމަކީ ދީނީ ނަޒަރަކުން ބަލާއިރު މައްސަލަ އަކަށް ވެގެން ނުވާ ނެ. ނަމަވެސް ޤާޒީއާ ދިމާ ލަށް އެއްވެސް މީހަކަށްވެސް ބޭއަދަބީ ބަހުން ވާހަކަ ނުދެއްކޭނެ. އަދަބު ވެސް ލިބެން ޖެހޭނެ. އިންސާނުން ގެއްލުމާ ހަލާކު ލިބިގަންނަނީ އަމިއްލަ އަށް. މިއީ ފަހުޒަމާން،، ތެދުވެރިކަމުގަ ހުންނަށް މަސައްކަތް ކުރާ މީހުންނަށް ގިނަ ގޮންޖެހުން ކުރިމަތިވާނެ. ވަކީލު ކުރުން އޮތީ ޣައިބު ދެނެ ވޮޑިގެންވާ الله އަށް. ސަލާމް