ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލުން އަނބުރާ ޖަލަށް ގެންދިއުމަށް ގޮވާލާ ޒުވާނުންތަކެއް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރި އަށް އެއްވެ އިހުތިޖާޖު ކޮށްފިއެވެ.
ރައީސް ޔާމީނަށް އިންޒާރުދީ "މޯލްޑިވްސް ޔޫތް ފޯސް" ނަމުގައި ހިންގާ ހަރަކާތަކުން ވީޑިއޯއެއް ނެރެފައިވާއިރު އެ މީހުން ނިިކުމެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލާ އިދިކޮޅުން ކުރިއަށްގެންދާ ހަރަކާތާ ދެކޮޅަށް ކަމަށް ބުނެއެވެ.
މިއަދު ކުރިއަށްދިޔަ އިހުތިޖާޖުގައި ސައުންޑް ސިސްޓަމް ބޭނުންކޮށްގެން އެމީހުން ވަނީ އިންޑިއާ އަށް "ސަނާ" ކިޔައި އެ ގައުމަށް ވަރަށް ބޮޑަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ. އަދި ޔާމީނަކީ "ބޮޑު ވަގެއް" ކަމަށް އެ މީހުން ގޮވާފައި ވާއިރު އެމަނިކުފާނު އަނބުރާ ޖަލަށް ގެންދިއުމަށްވެސް އެ މީހުން ވަނީ ގޮވާފައެވެ.
ޔާމީނަށް އިންޒާރު ދީ، އެމަނިކުފާނު ސައިޒު ކުރާނެ ކަމަށް ބުނެފައިވަނީ "މޯލްޑިވްސް ޔޫތު ފޯސް"ގެ ނަމުގައި އާންމުކުރި ވީޑިއޯއެއްގައެވެ. އެ ވީޑިއޯގައި ފެންނަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އަށް ނިސްބަތްވާ މެންބަރެއް ކަމަށް ވާ ހުސައިން ސައީދެވެ.
ޔާމީނަށް އިޝާރާތްކޮށް އޭނާ ބުނެފައިވަނީ، ރާއްޖެ އިނދަޖައްސާލަން އެމަނިކުފާނު މަސައްކަތް ކުރައްވާ ކަމަށާއި، އެމްއެންޑީއެފުް ވަނީ އިންޑިއާގެ ދަށުވެފައި ކަމަށް ވިދާޅުވެ، ޔާމީން ހެއްދެވީ އިތުރުފުޅު ކަމަށެވެ. އޭނާ އިތުރަށް ބުނީ މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި ނިކުންނަނީ ޔާމީން ސައިޒް ކުރުމަށް ކަމަށެވެ.
އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އިދިކޮޅުން ގެނެސްފައިވާ ކަމަށް އެ ކޯލިޝަނުން އިއްޔެ ބުނެފައިވެއެވެ. އެކަމާ ގުޅިގެން މިއަދު ޕީޕީއެމްގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ފުލުހުންގެ އިތުރުން، އެ މައްސަލަ ބަލައިދިނުމަށް އެދި ޑިފެންސް މިނިސްޓްރީ އަށާއި އެޗްއާރުސީއެމަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.
އިހުތިޖާޖުގެ ބައިވެރިން މިހާރު ވަނީ މައިދާން ދޫކޮށް ގޮސްފައެވެ.
ތަރައްގީގެ ބާނީ އަކާ ނުކުޅެވޭނެ