ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ ޑިޒައިން ދައްކާލައިފިއެވެ.

އެ ޓާމިނަލްގެ ބޭރުން ފެންނަ ފާރުތައް ޑިޒައިންކޮށްފައި ވަނީ އިހުގެ މިސްކިތްތަކުގެ ފާރުގައި ހުންނަ ކަހަލަ ހިރިގަލުގެ ކުރެހުންތައް އަސްލަކަށް ބަލައިގެންނެވެ. އަދި އެ ޓާމިނަލްގެ ބޭރު ޑިޒައިން ކޮށްފައި ވަނީ ރާޅުތަކެއްގެ ސިފަވާ ގޮތަށެވެ.

އާ ޓާމިނަލްގެ ކުރެހުމެއް / ފޮޓޯ: އެމްއޭސީއެލް

އާ ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރު ފަހުކޮޅު ކަމަށް އެމްއޭސީއެލުން ބުނެެއެވެ. އަދި އެތަނުގެ އޮނިގަނޑުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ގާތްގަނޑަކަށް 78،000 އަކަމީޓަރުގެ ޖާގަ ހިމެނޭ އެންމެ ޒަމާނީ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދޭ އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުއެވެ.

އާ ޓާމިނަލްގެ ކުރެހުމެއް / ފޮޓޯ: އެމްއޭސީއެލް

މި މަސައްކަތް މަޑުޖެހުމަށް ފަހު އެމްއޭސީއެލް އާއި ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕުން އަލުން ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ.

ބިން ލާދިން ގްރޫޕާ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ.