ރޯދަ މަސް އައި އިރު ބާޒާރުން ލުނބޯ ހުސްވެ އަގުތައް އިންތިހާއަށް އުފުލިފައި ވަނިކޮށް ލުނބޯ އެނތެރެ ކޮށް ބާޒާރަށް ނެރުމާއެކު އަގުތައް ދަށަށް ދާން ފަށައިފިއެވެ.

ބާޒާރުގައި މިހާރު ލުނބޯ ކިލޯއެއް 70ރ އާއި 80ރ އަށް ވިއްކައެވެ. ނަމަވެސް އަދިވެސް 100ރ އަށް ކިލޯ ވިއްކާ ބައެއް ގޮޅިގޮޅި އެބަހުއްޓެވެ.

ރޯދަ މަސް ފެށެން އައި އިރު ލުނބޯ ހުރީ، ކިލޯ 120ރ އަށް އަރާފައެވެ. މިއަދު ބާޒާރުގެ ގިނަ ފިހާރަތަކާއި މާރުކޭޓު ގިނަ ގޮޅިތަކުގައި ތާޒާ ލުނބޯ އެބަހުއްޓެވެ.

ލުނބޯގެ އިތުރުން ގިތެޔޮ މިރުހުގެ ޑިމާންޑްވެސް ރޯދަ އަށް ބޮޑުވިއެވެ. ކަނޑޫދޫ މިރުސް ވިއްކަމުން ގެންދިޔައީ 90ރ އަށް 100 ގްރާމުގެ ރޭޓުން ކިލޯއެއް 700ރ އާއި 800ރ އާ ދެމެދުގެ އަގުތަކެއް ގައެވެ. ލ. އަތޮޅު މިރުސް 70ރ އަށް 100 ގްރާމުގެ ރޭޓުން 500ރ އާއި 600ރ އާ ދެމެދުގެ އަގުތަކެއްގައެވެ.

ބާޒާރުގައި ގިތެޔޮ މިރުހުގެ އަގުވެސް މިޙާރުވަނީ ދަށަށް ގޮސްފައެވެ. މިވަގުތު 35ރ އާއި 40ރ އާ ދެމެދުގެ އަގުތަކެއްގައި 100 ގްރާމު މިރުސް ލިބެއެވެ.

ބާޒާރުގައި ވިއްކާ އެހެން އެއްޗެއްސަށް ބަލާއިރު، އަނބު، ކަރާ، ފަޅޯ، އަލުވި، ކެރެޓް، އަލަނާސި އައި އެހެނިހެން މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ އަގުތައް ހުރީ ރޯދަ ފެށުނު އިރުވެސް ހުރި ގޮތަށް ދަށުގައެވެ.

މަސް މާރުކޭޓަށް ބަލާއިރު މަހުގެ ބާވަތްތަކުގެ އަގުވެސް ވަނީ ދަށަށް ދާން ފަށާފައެވެ. ކަންނެލި، ފަރުމަސް އަދި ރެއްސާއި މުށިމަސްވެސް ހުރީ އާންމުކޮށް ބާޒާރުގައި ހުންނަ އަގުތަކުގައެވެ.

ރޯދަމަސް ދެބައިބުމާ ގާތްވެފައި ވާއިރު، ބާޒާރު ފެންނަނީ ތިޔާގި ކޮށެވެ.