މާދަމާ ހުޅުމާލެ މައި މަގުތަކުގެ މެއިންޓަނެސް މަސައްކަތްތަކެއް ކުރަން ހަމަޖެހިފައިވާތީ އެ މަގުތަކުގެ ޓްރެފިކަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ހުޅުމާލޭގެ މައި މަގުތަކުގެ މަރާމަތުގެ މަސައްކަތްތަކެއް ކުރަން ފެށުމަށް މާދަމާ ހަމަޖައްސާފައިވާ ކަމަށާއި އެ މަގުތަކުގެ ޓްރެފިކަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ހުޅުމާލޭގެ 6 މަގެއްގައި މަރާމަތުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

އެއީ ނިރޮޅު މަހު، ހިތިގަސް މަގު، ހަނދުވަރީ ހިނގުން، ސައިމާ ހިނގުން، ބަގީޗާ ހިނގުން އަދި ރީތިގަސް މަގެވެ. މާދަމާއިން ފެށިގެން މި މަގުތަކުގެ ޓްރެފިކަށް ބަދަލު ގެންނަން ނިންމާފައިވާ އިރު، މިކަމަށް ހުޅުމާލޭގައި އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

މާދަމާ ޓެރފިކަށް ބަދަލު ގެނައުމަށް ނިންމާފައިވާ މަގުތައް

އަދި އާންމު ރައްޔިތުންނަށް މި ކަމުން ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭ ގައި މާދަމާއިން ފެށިގެން މަގުތަކުގެ މަރާމަތުތައް ކުރަން ނިންމާފައިވާ އިރު، އެ މަރާމާތުތައް ކުރިއަށް ދާނީ ކިހާ ދުވަހަކަށް ކަން އެޗްޑީސީން ބުނެފައެއް ނުވެއެވެ. އެއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ މައި މަގުތަކެވެ.