ދ. އަތޮޅުގެ ރިސޯޓެއްގައި މަރުވެފައި އޮތް ދިވެއްސެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ، ދ. އަތޮޅުގެ ރިސޯޓެއްގައި ޕެޓްރޯލް ޓޭންކް ކައިރީގައި މަސައްކަތް ކުރަން އުޅުނު މީހަކަށް އަނިޔާވެގެން ބިންމައްޗަށް ވެއްޓިފައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 6:54 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެ ފެނުނު މީހާ އޮތީ މަރުވެފައި ކަމަށާއި އޭނާ އަކީ 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

އެމީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި މި ހާދިސާ ހިންގާފައި ވަނީ ކޮން ރިސޯތެއްގައި ކަން ވެސް ފުލުހުން ހާމައެއް ނުކުރެއެވެ. މީގެ އިތުރުން މަރުވެފައި ވަނީ ކޮން ރަށެއްގެ މީޙެއްކަން ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން އިތުތަށް ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.