ބާޒާރުގައި ލުނބޯ ވިއްކާ ވަރަށް ވުރެ ތިން ގުނަ އަގު ހެޔޮކޮށް އެސްޓީއޯއިން ލުނބޯ ވިއްކަން ނިންމައިފިއެވެ.

އެ ކުންފުނިން ރޭ ބުނީ މިއަދުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 45ރ އަށް ލުނބޯ ކިލޯއެއް ވިއްކާނެ ކަމަށާއި މީހަކަށް ވިއްކާނީ ކިލޯއެއްގެ މަގުން ކަމަށެވެ. އަދި އެގްރިސެންޓަރުން މީހަކަށް ތިން ކިލޯގެ ރޭޓުން ވިއްކާނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނި ގޮތުގައި އެ ކުންފުނިން ލުނބޯ އެތެރެކޮށް ވިއްކަން ނިންމާފައި ވަނީ ރާއްޖޭގެ ބާޒާރުގައި ލުނބޯގެ އަގު އުފުލިފައި ވާތީ އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.

ބާޒާރުގައި މިވަގުތު ލުނބޯ ކިލޯއެއް ވިއްކަނީ 120ރ އާއި 150ރ އާ ދެމެދުގެ އަގެއްގައެވެ.