މިއީ ދިވެހިރާއްޖޭގެ ފައިސާ ގަނެ ވިއްކާ އަގު ހިފެއްހެއްޓުމެއް ނެތި ދޫކޮށްލަން ވީ ވަގުތު ކަމުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވެއްޓިފާ ވުމާ ގުޅިގެންނެވެ. ރޯދަ މަހުގެ ކުރިން 17.50- 17.70 ރުފިޔާއާ ދެމެދު އަގެއްގައި ޑޮލަރުގެ އަގު ހުރި އިރު އެ އަގު ވަނީ 16.90 ރުފިޔާއަށް ވެއްޓިފައެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެންނަ ގޮތުގައި މިއީ ރާއްޖޭގެ ފައިސާ ގަނެ ވިއްކާ އަގު ހިފެހެއްޓުމެއް ނެތި ދޫކޮށްލަންވީ ވަގުުތު ކަމަށާއި އޭރު ޑޮލަރުގެ ކަޅުބާޒާރު މުޅިން ނައްތާލެވިދާނެ ކަމަށެވެ.
ރާއްޖޭގައި ފިކްސްޑް އެކްޗްސްޗޭންޖް ރޭޓް ނިޒާމެއް އޮތުމުގެ ސަބަބުން ފައިސާގެ އަގު ރަސްމީކޮށް ހުންނަނީ ހިފެހެއްޓިފައެވެ. އެހެން ނަމަވެސް ޑޮލަރު ލިބުން ދަތިވުމުން ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވެ ޑޮލަރަކަށް ހޭދަކުރަން ޖެހޭ ފައިސާގެ މިންވަރު ކަޅުބާޒާރުގައި އިތުރުވެއެވެ.
ފައިސާގެ މުއާމަލާތް ކުރާނެގޮތް ކެރަފާ ނަޝީދަކަށް ނޭނގޭނެއެވެ. އެނގޭނަމަ އޭނާގެ ވެރިކަމުގައި ޑޮލަރު އެކްސްޗޭންޖް ރޭޓް ބޮޑުކުރުމުގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް މައްޗަށްގޮސް ރައްޔިތުންނަށް އެކަން ބޮޑު ކާރިސާ އަކަށް ނުވީހެއްނު؟