ހުޅުމާލޭގައި ރޭ ދަންވަރު އިމާރާތަކުން ވެއްޓި ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އިމާރާތުގެ މަތިން ވެއްޓިފައިވަނީ 4 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.

އެކުއްޖާ ވެއްޓިފައިވަނީ ހުޅުމާލެ ފޭސް 1 ޕިކްޕޯސްޓް ކައިރީގައި ހުރި ގެއެއްގެ 5 ވަނަ ފްލޯއިން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެކުއްޖާ މަގުމައްޗަށް ވެއްޓިފައިވާކަމުގެ މައުލޫމާތު ރޭ 12:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި އެކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުމާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.