"ދަ ޕްރެސް" އިން ރޯދައަށް ހާއްސަކޮސްގެން ގެނެސްދޭ "ދަ ޕްރެސް ރޯދަ" ހަތިމްކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 380 މީހުން ކިޔަވަމުން އެބަގެންދެއެވެ.

މި ރަމަޟާން މަހަށް ހާއްސަކޮށް، ނަސީބުވެރި ފަރާތަކަށް އުމްރާ ދަތުރެއް ލިބޭގޮތަށް ހުޅުވާލި މި ޕްރޮގްރާމްގައި އިއްޔެއިން ފެށިގެން ބައިވެރިވެވޭ އިރު، ކޮންމެ ރަށެއްގައި ހުރި ކޮންމެ ދިވެއްސަކަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އޮވެއެވެ.

ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް މަދުވެގެން ހަތިމުން ފޮތެއް ކިޔަވައި، އެ ފޮތުގެ ތަފްސީލް އެނގޭނެހެން "ދަ ޕްރެސް" އަށް ފޮނުވަމުން ގެންގޮސް ރަމަޟާން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހަތިމްކޮށް ނިންމާ، ރިޕޯޓް "ދަ ޕްރެސް" އަށް ފޮނުވަން ޖެހޭނެއެވެ.

މީގެ އިތުރުން، ހަތިމްކުރުމުގެ ބައިވެރިވާ ފަރާތްތައް ބޭނުންނަމަ ޤުރުއާން ކިޔަވައި ރެކޯޑުކޮށް އޯޑިއޯ ނުވަތަ ވީޑިއޯ ފޮނުވޭނެއެވެ. އެގޮތަށް ފޮނުވާ ފައިލްތައް "ދަ ޕްރެސް"ގެ އެކި ޕްލެޓްފޯމްތަކުގައި ބޭނުން ކުރެވޭނެއެވެ. އަދި ޕްރޮގްރާމާ ގުޅޭ ހަބަރާއި މައުލޫމާތުވެސް ހިއްސާކުރަމުން ދާނެއެވެ.

ހަތިމްކުރުމުގެ ޕްރޮގްރާމްގެ އިތުރުން، "ދަ ޕްރެސް" އިން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ހިލޭ ރޯދަވީއްލުން ލިބޭ ރޯދަ ކުއިޒަކާއި 5000ރ. ގެ އިނާމު ލިބޭ "ރޯދަ އާއި ސުވާލު" މުބާރާތެއް ވެސް ކުރިއަށް އެބަގެންދެއެވެ.

މި މުބާރާތާއި، ކްއީޒާ ގުޅޭ މައުލޫމާތު އަދި ބައިވެރިވުމުގެ ފުރުސަތު، "ދަ ޕްރެސް ރޯދަ" ޕޭޖުން ލިބޭނެއެވެ.