މި ރޯދަ މަހަށް ހާއްސަކޮށްގެން، ނަސީބުވެރި ފަރާތަކަށް، އުމްރާ ދަތުރެއް ލިބޭ ގޮތަށް "ދަ ޕްރެސް" ހުޅުވާލި ޤުރުއާން ހަތިމުކުރުމުގެ ޕްރޮގްރާމުގައި މިއަދުން ފެށިގެން ބައިވެރިވެވޭނެއެވެ.

ވަކި އުމުރެއް ވަކި ޖިންސެއް ހާއްސަ ކުރެވިފައެއް ނުވާ މި ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ތިބި ކޮންމެ ދިވެއްސަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ރޯދަމަހުގެ ކޮންމެ ދުވަހަކުވެސް މަދުވެގެން ހަތިމުން 1 ފޮތް ކިޔަވާ، ކިޔެވި ފޮތުގެ ތަފްސީލު (ފެށި ހިސާބާއި ނިންމި ހިސާބު) އެނގޭނެހެން "ދަ ޕްރެސް" އަށް ފޮނުވަން ޖެހޭނެއެވެ.

އަދި ހަތިމް ކުރުމުގެ ޕްރޮގްރާމުގެ ބައިވެރިން ރޯދަމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 30 ފޮތް ކިޔަވާ ނިންމަން ޖެހޭނެއެވެ.

މީގެ އިތުރުން ހަތިމް ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ނަމަ ޤުރުއާން ކިޔަވާ ރެކޯޑްކޮށް އޯޑިއޯ ނުވަތަ ވީޑިއޯ ފައިލް ފޮނުވޭނެއެވެ. އެގޮތަށް ފޮނުވާ ފައިލްތައް "ދަ ޕްރެސް" ގެ އެކި ޕްލެޓް ފޯމުތަކުގައި ކްރޮޕް ކޮށްގެން ބޭނުން ކުރެވޭނެއެވެ. އަދި ޕްރޮގޮރާމާ ގުޅޭ ހަބަރާއި މައުލޫމާތު "ދަ ޕްރެސް" ގެ ޕްލެޓްފޯމްތަކުގައި ހިއްސާކުރަމުން ދާނެއެވެ.

އިތުރު މައުލޫމާތު ބޭނުން ނަމަ "ދަ ޕްރެސް" ގެ ހޮޓްލައިނަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ. ހޮޓްލައިން ނަންބަރު ވެބްސައިޓްގެ ފޫޓާގައި އޮންނާނެއެވެ.

މީގެ އިތުރުންވެސް "ދަ ޕްރެސް" އިން އަންނަނީ ކުއިޒަކާއި ރޯދަ އާއި ސުވާލުގެ ނަމުގައި ވެސް ޕްރޮގްރާމެއް ކުރިއަށް ގެންދަމުންނެވެ.