ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް ސަސްޕެންޑް ކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އޭނާ ސަސްޕެންޑްކުރީ ސުޕްރީމް ކޯޓުގެ ސީސީޓީވީ ކެމެރާ ސިސްޓަމް ބޭނުން ކޮށްގެން ފަނޑިޔާރުންނަށް ފާރަލާ ކަމަށް ތުހުމަތު ކުށް އެ މައްސަލަ ބަލާތީއެވެ. އަދި ކޯޓުގެ ސިއްރު މައުލޫމާތު ކޯޓުން ބޭރަށް ފޯރުކޮށްދޭ ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.
އޭނާ ސަސްޕެންޑުކުރުމާ ގުޅިގެން ވަގުތީ ގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލު ކޮށްފައި ވަނީ އެކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއެވެ.