މި ރޯދަ މަހަށް ހާއްސަކޮށްގެން، ނަސީބުވެރި ފަރާތަކަށް، އުމްރާ ދަތުރެއް ލިބޭ ގޮތަށް "ދަ ޕްރެސް" އިން ޤުރުއާން ހަތިމުކުރުމުގެ ޕްރޮގްރާމެއް މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ވަކި އުމުރެއް ވަކި ޖިންސެއް ހާއްސަ ކުރެވިފައެއް ނުވެއެވެ. މި ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ތިބި ކޮންމެ ދިވެއްސަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ހަމަ އެކަނި ޝަތުރު:
ރޯދަމަހުގެ ކޮންމެ ދުވަހަކުވެސް މަދުވެގެން ހަތިމުން 1 ފޮތް ކިޔަވާ، ކިޔެވި ފޮތުގެ ތަފްސީލު (ފެށި ހިސާބާއި ނިންމި ހިސާބު) އެނގޭނެހެން މި ފޯމް ފުރުމަށް ފަހު "ދަ ޕްރެސް" އަށް ފޮނުވަން ޖެހޭނެއެވެ. އަދި ހަތިމް ކުރުމުގެ ޕްރޮގްރާމުގެ ބައިވެރިން ރޯދަމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 30 ފޮތް ކިޔަވާ ނިންމަން ޖެހޭނެއެވެ.
މީގެ އިތުރުން ހަތިމް ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ނަމަ ޤުރުއާން ކިޔަވާ ރެކޯޑްކޮށް އޯޑިއޯ ނުވަތަ ވީޑިއޯ ފައިލް ފޮނުވޭނެއެވެ. އެގޮތަށް ފޮނުވާ ފައިލްތައް "ދަ ޕްރެސް" ގެ އެކި ޕްލެޓް ފޯމުތަކުގައި ކްރޮޕް ކޮށްގެން ބޭނުން ކުރެވޭނެއެވެ. އަދި ޕްރޮގޮރާމާ ގުޅޭ ހަބަރާއި މައުލޫމާތު "ދަ ޕްރެސް" ގެ ޕްލެޓްފޯމްތަކުގައި ހިއްސާކުރަމުން ދާނެއެވެ.
ދަ ޕްރެސްގެ ބައެއް ޕްލެޓްފޯމް ތައް:
މި ޕްރޮގްރާމުގައި ބައިވެރިވެ، އުމްރާ ދަތުރު ލިބޭ ނަސީބުވެރި ފަރާތް ހޮވުމަށް ހަމަޖެހިފާ ވަނީ، ހަތިމް ކުރި މީހުން ހިމަނައިގެން، ރޯދަމަސް ނިމުމަށް ފަހު ބާއްވާ ހަފްލާއެއްގައެވެ. އެ ހަފްލާ ކުރިޔަށް ގެންދާނެ ގޮތް ރޯދަމަސް ނިމުމުން ހާމަ ކުރާނެ ކަމަށް "ދަ ޕްރެސް" ގެ މެނޭޖްމަންޓުން ވަނީ ބުނެފައެވެ.
"ދަ ޕްރެސް" ގެ މެނޭޖްމަންޓުން ބުނާ ގޮތުގައި ރޯދަ މަހަށް ހާއްސަކޮށް ހަތިމް ކުރުމުގެ ޕްރޮގްރާމެއް ހިންގުމުގެ ބޭނުމަކީ، ރޯދަމަހަކީ އަޅުކަމުގެ މައްސަރަކަށް ވެފައި ގިނަ ބަޔަކު ޤުރުއާން ކިޔެވުމުގައި ވަގުތު ހޭދަ ކުރާތީއާއެކު އިތުރު ހިތްވަރެއް ދިނުމެވެ. އަދި އުމްރާއަށް ދާނެ ތަނަވަސްކަން ނުހުންނަ ފަރާތްތަކަށް ވެސް މިފަދަ ފުރުސަތެއްގައި ހަތިމެއް ކޮށްލައިގެން އުމްރާ ދަތުރެއް ލިބުމުގެ މަގު ފަހިކޮށްދިނުން ކަމަށްވެސް ބުނެއެވެ.
އިތުރު މައުލޫމާތު ބޭނުން ނަމަ "ދަ ޕްރެސް" ގެ ހޮޓްލައިނަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ. ހޮޓްލައިން ނަންބަރު ވެބްސައިޓްގެ ފޫޓާގައި އޮންނާނެއެވެ.
ފޯމު އަދި ނުހުޅުވޭ