ރާއްޖެއާއި އިންޑިއާއާ ދެމެދު ވައިގެ ދަތުރުފަތުރު މެދުނުކެނޑި ކުރިއަށްދޭ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ.
ރާއްޖެއާއި އިންޑިއާ ދެމެދު ދަތުރުކުރާ ގޯ އެއާގެ ތިން ފްލައިޓެއް މިއަދު ކެންސަލްވުމުން އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން މީސް މީޑިއާގައި ދަނީ އެ ދަތުރުތައް ހުއްޓާލީ ކަމަށް ބުނަމުންނެވެ. އެކަން ދޮގުކޮށް ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއާއި އިންޑިއާއާ ދެމެދު ވައިގެ ދަތުރުފަތުރު މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ އެއާލައިންގެ މިއަދުގެ ފްލައިޓްތައް ކެންސަލްކުރި ނަމަވެސް ޝެޑިއުލްކޮށް އުދުހޭނެއެވެ.
ގޯ އެއާގެ ފްލައިޓް މިއަދު ކެންސަލްވީ ކޮވިޑްގެ ހާލަތާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކުރި އިރު ރާއްޖެއާއި އިންޑިއާ ދެމެދު އެކުލަވާލި އެއާ ބަބްލްގެ މުއްދަތު ހަމަވެ އިންޑިއާގެ ބޯޑަރު ހުޅުވާލާފައިވާތީ އާންމު އުސޫލުން އަނެއްކާވެސް ފްލައިޓްތައް ފެށުމާ ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.