މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭން ހުޅުމީދޫގައި ހެދި ޑްރަގް ޓްރީޓްމަންޓް އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުއްވައިދެއްވީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.

އެންޑީއޭއިން ބުނީ އެ ސެންޓަރު ގާއިމު ކުރެވުނީ އިންޑިއާ ސަރުކާރުގެ އެހީގައި ކަމަށާއި އިންހައުސް ކެޕޭސިޓީއަކީ 60 ކަމަށެވެ. އަދި އެ ތަނުން ދޭ ފަރުވާގެ ޕްރޮގްރާމް ފަރުމާ ކޮށްފައި ވަނީ ޑަބްލިއުއެޗްއޯގެ ކޮންސަލްޓެންސީގެ އެހީގެ ދަށުން ކަމަށްވެސް އެންޑީއޭއިން ބުނެއެވެ.

"ވިލުނު" ގެ ނަމުގަައި ހިންގާ އެ ސެންޓަރުގެ ޕްރޮގްރާމް ބިނާވެގެން ވަނީ ސައިކޯތެރަޕީގެ ދަށުން ނަފްސާނީ، ޖިސްމާނީ، އިޖްތިމާއީ އަދި ރޫހާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ވަށާޖެހޭ ފަރުވާގެ ނިޒާމެއްގެ ތެރެއިން ކަމަށް އެންޑީއޭއިން ވަނީ ބުނެއެވެ. އަދި ވިލުނުގައި ހިންގާ ފަރުވާގައި ހިމެނެނީ ޑިޓޮކްސިފިކޭޝަން، ޓްރީޓްމަންޓް، ރެސިޑެންޝިއަލް ޓްރީޓްމަންޓް، ކޮމިއުނިޓީ ރީހެބިލިޓޭޝަން އަދި ރީއިންޓަގްރޭޝަން ފަރުވާއެވެ.

ވިލުނުގެ ހިދުމަތް ފެށުމުގެ ގޮތުން ސ. ހުޅުމީދޫގެ ކަމާ ގުޅުން ހުރި ދާއިރާތަކަށް ވަނީ ސެންސިޓައިޒޭޝަން ޕްރޮގްރާމެއް ހިންގާފައެވެ. އަދި ޕްރޮގްރާމްގައި ހަރަކާތްތެރިވާ ޓެކްނިކަލް މުވައްޒަފުންނަށް ތަމްރީން ދީފައިވާ ކަމަށް އެންޑީއޭއިން ބުނެއެވެ.