އިނގިރޭސީންގެ ހިމާޔަތުން ދިވެހި ދައުލަތް މިނިވަންވެ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅިގެން ދިއުމަށް އިންޑިއާގެ ދައުރު ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން "އިންޑިއާ އައުޓް" ގެ ނަމުގައި ހިންގާ ހަރަކާތާ ދެކޮޅަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވަނީ ކުއްލި މައްސަލައެއް ހުށައަޅުއްވާފައެވެ. އެ މައްސަލައިގެ ބަހުސްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ މިނިވަންކަން ގެއްލޭނެ ކަމަށާއި އިންޑިއާ އައުޓް ހަރަކާތް ހިންގަވަނީ އެހެންވެގެން ކަމަށް ވިދާޅުވެފައެވެ.
ޝިޔާމްގެ ވާހަކައަށް ރައްދުދެއްވާ ނަޝީދު ވިދާޅުވީ އިންޑިއާއަށް މިނިވަން ކަން ލިބުނީ 1947 ގައި ކަމަށާއި އިނގިރޭސީންގެ ކޮލޯނިއަލް ސަރުކާރުން އިންޑިއާ މިނިވަންވިއިރު ރާއްޖެ މިނިވަންވެފައި ނުވާ ކަމަށެވެ. އަދި އެ އަހަރު ރާއްޖެއަށް މިނިވަންކަން ނުލިބި އަވަށްޓެރި ދެ ގައުމަކަށް މިނިވަންކަން ލިބުނު ސިއްރެއް އޮންނަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު އެ ވިދާޅުވި ދެ ގައުމަކީ އިންޑިއާ އާއި ޕާކިސްތާނެވެ.
އިނގިރޭސިންގެ އަތުން ރާއްޖެ އަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖުލައި 26، 1965ގައެވެ. އެހެންނަމަވެސް ނަޝީދު ވިދާޅުވީ 1968 ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން އަންނަނީ ސިލްސިލާކޮށް "އިންޑިއާ އައުޓް" ހަރަކާތް ބާއްވަމުންނެވެ. މާލެ އާއި ރާއްޖެ ތެރޭގައި މިހަރަކާތް ފުޅާކުރަމުން އަންނައިރު ރައީސް އަބްދުﷲ ޔާމީންވެސް އަންނަނީ މި ހަރަކާތުގައި ބައިވެވެވަޑައިގަންނަވަމުންނެވެ.
މިގައުމައްމިނިވަންކަންލިބުނީ ކެރަފައިއާއިލާޔާކެނެރީއާއިލާޔާ ކެރަފައިނަޝީދުއާ އިންޑިޔާ އަތުން ބައިވަރުތައްނަގާގެން ގައުމުވިއްކާލައިގެން އުޅޭއަޑު ގަދަވަނީ އިދިކޮޅުވެސް އެކުރަނީއެކަންގައުމުހުސްކޮއްފި ހަޒާނާހުސްވެއްޖެ؟
ރާއްޖެ އިނގިރޭސީންގެ އަޅުވެތި ކަމުން މިނިވަން ވުމުގައި އިންޑިއާގެ އެއްވެސް ދައުރެއް ނެތް. ތާރީޚް އޮޅުވާނުލާ.