ރަށްރަށަށް ބޭނުންވާ އެމްބިއުލާންސް ހޯދުމަށް ކުރާ މަސައްކަތުގެ ދަށޫން ރާއްޖެއަށް ހަތަރުވަނަ ޝިޕްމަންތްގެ އެމްބިއުލާންސް ގެނެސްފިއެވެ.

އަތޮޅުތަކުގައި އެމްބިއުލާންސްގެ ހިދުމަތް ނުދެވޭ 96 ރަށެއް ފާހަގަކޮށް އެ ރަށްތަކަށް ބޭނުންވާ އެމްބިއުލާންސް ރާއްޖެއަށް ގެނެސް ރަށްތަކާ ހަވާލުކުރަން ސަރުކާރުން އެސްޓީއޯއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެސްތީއޯއިން ބުނީ، ރަށްރަށަށް ފޮނުވަން ގެންނަ އެމްބިއުލާންސްގެ 4 ވަނަ ޝިޕްމަންޓް އައިސްފައިވާ ކަމަށާއި އެ ޝިޕްމަންޓްގައި ރާއްޖެ ގެނައީ 21 އެމްބިއުލާންސެއް ކަމަށެވެ.

އެސްޓީއޯ އިން ބުނީ މި ފަހަރު ގެނައި އެމްބިއުލާންސްގެ ތެރެއިން އެ ތަކެތި ފޮނުވަން ޖެހޭ ރަށްރަށަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ.

ހަތަރު ވަނަ ޝިޕްމަންތާ އެކު ރާއްޖެއަށް ގެނައި އެމްބިއުލާންސް ގެ އަދަދު މި ވަނީ 76 އަށް އަރާފައެވެ. އޭގެތެރެއިން އެސްޓީއޯ އިން މިހާރު ވަނީ 55 އެމްބިއުލާންސް ރަށްތަކާ ހަވާލު ކޮށްފައެވެ.

އެގޮތުން ފުރަތަމަ ޝިޕްމަންޓްގައި ރާއްޖެ ގެނައި އެމްބިއުލާންސްތައް ރަށްރަށަށް ހަވާލުކޮށްފަިއ ވަނީ މިދިޔަ އޮކްތޯބަރު މަހުގެ 13 ގައެވެ. ދެވަނަ ޝިލްމަންޓް ރަށްރަށް ހަވާލުކޮށްފަިއ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އަދި ތިންވަނަ ޝިޕްމަންޓް ހަވާލުކޮށްފައި ވަނީ، މިދިޔަ ފެބްރުއަރީ މަހުތެރޭގައެވެ.