ރައީސް އަބްދުﷲ ޔާމީން މިއަދު ޅ. ނައިފަރަށާއި އެ އަތޮޅު ކުރެންދުއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ނައިފަރަށް ރައީސް ޔާމީން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހަވީރެވެ. އަދި ނައިފަރަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ކުރެންދޫއަށް ވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.
ކުރެންދޫއަށް ރައީސް ޔާމީން ވަޑައިގަތުމަށް ނިންމަވައިފާ ވަނީ އެ ރަށު ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓުގެ ކެމްޕެއިން ހަރަކާތަށެވެ.
ކުރެންދޫ ކައުންސިލް ރައީސަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕެއިން ހަރަކާތަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ އެ ރަށަށް ވަޑައިގެންފައެވެ.
އިދިކޮޅުން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ސިލްސިލާކޮށް ހިންގާ މި ހަރަކާތް ރަށްރަށުގައި ކުރިއަށް ގެންދަން ފެއްޓީ 5 އަހަރުގެ ޖަލު ހުކުމުން ރައީސް ޔާމީން މިނިވަންވެ ވަޑައިގަތުމަށް ފަހުއެވެ.
އެގޮތުން މި ކެމްޕެއިން ހަރަކާތް ކ. ގުރައިދޫ، ކ. ތުލުސްދޫ، ފ. ނިލަންދޫ، ށ. ފުނަދޫ، ރ. ދުވާފަރު، ރ. މީދޫ އަދި ގދ. ވިލިނގިލިގެ އިތުރުން އދ. މަހިބަދޫގައި ބާއްވާފައި ވާއިރު އެ ރަށް ރަށުގެ ހަރަކާތުގައި ރައީސް ޔާމީން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި އެ ހަރަކާތުގައި ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާކަން ފާހަގަ ކޮށްލެވެއެވެ.
އިންޑިއާ އާއި އެކު މިސަރުކާރުން ހަދައިގެން އުޅެނީ އެއީ ވަރަށް ނުރައްކާތެރި އެއްބަސްވުން ތަކެކޭ އެހެންވެއޭ އެހާމަ ނުކޮށްގެން އުޅެނީ އެންމެ ފަހުން މާލޭގެ އޯޑިއޯން ބިމާއި އަދި ނާދީ ބިން އިންޑިއާ އަށް ހިލޭދިނީ އެއީ ވެސް ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް އިންޑިއާގެ ޓާޓާ އިން 25 މިލިއަން ޑޮލަރު ދިނުމުންނޭ އިންޑިއާގެ އެއްބަސްވުން ތައް ހާމަކުރަން ފެނޭތޯ ނޫންތޯ ބަލަން ޕީޕީއެމްގެ މެމްބަރުންނާއި ރައްޔިތުންނަށް ފެންނަ ގޮތެއް ބަލަން ފެންނަ ނުފެންނަ ވޯޓަކަށް ދާންވީއޭ އިންޑިއާ އައުޓް