ޅ. ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވުމުން ބާއްވާ ބައި އިލެކްޝަނާ ދިމާކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެރަށަށް ވަޑައިގެންފިއެވެ.

ނަޝީދުގެ އިތުރުން މިދަތުރުގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ނަޝީދު އެރަށަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް ކަމަށް އެމްޑީޕީގެ ފަރާތުން އަލީ ނަަސީމް ވާދަކުރާ އިރު ޕީޕިއެމްގެ ފަރާތުން ވާދަކުރަނީ އިސްމާއީލް މަދީހެވެ.

ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވެފައިވަނީ އެމަގާމުގައި ހުންނެވި އިބްރާހީމް ސިމާއު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މި މަގާމުގެ ބައި އިލެކްޝަން މި މަހުގެ 26 ވަނަ ދުވަހު ބާއްވަން ވަނީ ހަމަޖެހިފައެވެ.