އަހަރުގެ ކުޅިވަރު ޝަހުސިއްޔަތުގެ މަގާމަށް ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގާއި ދުވުންތެރިޔާ ހަސަން ސާއިދު ރޭ ހޮވައިފިއެވެ.

ކުޅިވަރުގެ ދާއިރާއިން ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން "މޯލްޑިވްސް ސްޕޯޓްސް އެވޯޑު"ގެ ނަމުގައި ތައާރަފްކޮށް، ރޭ ދީފައިވާ އެވޯޑުތަކުގެ ތެރެއިން ސާއިދު ވަނީ ސްޕޯޓްސްމަން އޮފް ދަ އިއާގެ އެވޯޑު ހޯދައިފައެވެ. ނަބާހާ ސްޕޯޓްސްވުމަން އޮފް ދަ އިއާ އެވޯޑު ހޯދިއިރު، އެންމެ އުންމީދީ ފިރިހެން އެތުލީޓަކަށް ބެޑްމިންޓަން ކުޅުންތެރިޔާ ނިބާލް އަހްމަދު ހޯދައި، އެންމެ އުންމީދީ އަންހެން އެތުލީޓްގެ އެވޯޑު ހޯދާފައިވަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއެވެ.

ސްޕޯޓްސްމަން އޮފް ދަ އިއާ އެވޯޑުގައި ސާއިދާ އެންމެ ގާތުން ވާދަކުރީ ބެޑްމިންޓަން ކުޅުންތެރިޔާ ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި ވޮލީ ކުޅުންތެރިޔާ އާދަމް ނަސީމެވެ. ސްޕޯޓްސްވުމަން އޮފް ދަ އިއާ އެވޯޑުގައި ނަބާހާއާއި އެންމެ ގާތުން ވާދަކުރީ އޭނާގެ އެއްމާބަނޑު ދައްތަ އަދި ބެޑްމިންޓަން ކުޅުންތެރިޔާ މަރިޔަމް ނަބީހާ އަބްދުއްރައްޒާގާއި ދީމާއެވެ.

ޒުވާން އެތުލީޓުންނަށް ދޭ އެންމެ އުންމީދީ އެތުލީޓުގެ އެވޯޑު ހޯދާފައިވަނީ ފިރިހެން ކެޓަގަރީން ނިބާލް، އަދި އަންހެން ކެޓަގަރީން ދީމާއެވެ. އެންމެ އުންމީދީ އަންހެން އެތުލީޓުގެ އެވޯޑުގައި ދެވަނަ ހޯދާފައިވަނީ ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަނެވެ. އަދި ތިންވަނަ ހޯދާފައިވަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމެވެ. އެންމެ އުންމީދީ ފިރިހެން އެތްލީޓުގެ އެވޯޑުގައި ދެވަނަ ހޯދާފައިވަނީ ދުވުންތެރިޔާ އިބާދުﷲ އާދަމް ކަމަށްވާއިރު، ތިންވަނަ ހޯދާފައިވަނީ ފެތުންތެރިޔާ އަލީ އިމްއާނެވެ.

ހާއްސަ އެހީއަށް ބޭނުންވާ އެތުލީޓުންނަށް ދޭ ސްޕެޝަލީ އޭބަލްޑް އެވޯޑުގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ބެޑްމިންޓަން ކުޅުންތެރިޔާ ހައްވާ އީޝަލް ރިޔާޒެވެ. އެންމެ މޮޅު ފިރިހެން އެތުލީޓަކީ ދުވުންތެރިޔާ މުހައްމަދު މާޒިނެވެ.

ބައެއް ކުޅިވަރުތަކުން އެންމެ ކެޓަގަރީއަކުން އެތުލީޓުން ހޮވާފައިވެއެވެ. އެގޮތުން:

ނެޓްބޯޅަ: އާމިނަތު ރަބާބް އިބްރާހީމްސާފިން: ހުސައިން އަރީފްކްރިކެޓް: އާދަމް ނާސިފް އުމަރުބޮޑީބޯޑިން: އަލީ ޚުޝްރުވާން އަހްމަދުބޮޑީ ބިލްޑިން: މުހައްމަދު މޫސާ

ބާކީ ހުރި ކުޅިވަރުތަކުން އެންމެ މޮޅު ކުޅުންތެރިޔާ ހޮވާފައިވަނީ ދެ ކެޓަގަރީއަކުންނެވެ. އެގޮތުން:

ފުޓްބޯޅަ

  • އަންހެން: އާމިނަތު ލީޒާ
  • ފިރިހެން: ހަމްޒާ މުހައްމަދު

ބާސްކެޓްބޯޅަ

  • އަންހެން: ފާތިމަތު ރިޝްމާ
  • ފިރިހެން: އަބްދުﷲ އަމްޒަރު މުހައްމަދު

ވޮލީބޯޅަ

  • އަންހެން: ހައްވާ ރާޝިދާ
  • ފިރިހެން: އާދަމް ނަސީމް

ބެޑްމިންޓަން

  • އަންހެން: ފާތިމަތު ނަބާހާ އަބްދުއްރައްޒާގް
  • ފިރިހެން: ހުސައިން ޒަޔާން ޝަހީދު ޒަކީ

ޓޭބަލް ޓެނިސް

  • އަންހެން: ފާތިމަތު ދީމާ އަލީ
  • ފިރިހެން: މޫސާ މުންދިފް އަހްމަދު

ސްވިމިން

  • އަންހެން: އައިޝަތު ސައުސަން
  • ފިރިހެން: އަލީ އިމްއާން

ހޭންޑްބޯލް

  • އަންހެން: ނަޝްފާ އާމިރާ
  • ފިރިހެން: މުހައްމަދު ފިރުނާސް އަބްދުﷲ

ބިލިއާޑް

  • އަންހެން: އާމިނަތު ފަތުހީ
  • ފިރިހެން: ހަސަން ޝާޒް މުހައްމަދު

ކެރަމް

  • އަންހެން: އާމިނަތު ވިދާދު
  • ފިރިހެން: އިސްމާއީލް އަޒްމީން

ޓެނިސް

  • އަންހެން: ނަބާ ނިޝާން
  • ފިރިހެން: އަބްދުﷲ ފާއިހް ފަޒީލް

ޗެސް

  • އަންހެން: ނިހާ މުހައްމަދު
  • ފިރިހެން: މުހައްމަދު ޝުއާއު

ޝޫޓިން

  • އަންހެން: އާސިފާ ޖައުފަރު
  • ފިރިހެން: ޒިޔާން ޒިޔާއު

އެތުލެޓިކްސް

  • އަންހެން: އައިޝަތު ހިމްނާ ހަސަން
  • ފިރިހެން: ހަސަން ސާއިދު