ހޮންޑާ ބްރޭންޑްގެ ކަޅުކުލައިގެ "ސްކޫޕީ ކްލަބް 12"ގެ ސައިކަލެއް ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ލިބޭ ގޮތަށް، އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަން އިން މިއަހަރުގެ ރޯދަ މަހާ ދިމާކޮށް "ނިޕޯން ރަމަޟާން ބާޒާރު"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯގެ ޕެއިންޓް ޝޯރޫމްގައި މިކަމަށްޓަކައި ބޭއްވި ހަފްލާއެއްގައި މި ޕްރޮމޯޝަން އިފްތިތާހުކޮށްދެއްވާފައި ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންގެ "ނިޕޯން ރަމަޟާން ބާޒާރު"، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ފައްޓަވައިދެއްވަނީ / ފޮޓޯ: އެސްޓީއޯ

މިއަދު މި ޕްރޮމޯޝަން ފަށާފައިވާއިރު، އަންނަ މަހުގެ ނިޔަލަށް އެސްޓީއޯގެ ޕެއިންޓް ޝޯރޫމާއި ހުޅުމާލޭގައި ހުންނަ ފިހާރައިގައި މި ޕްރޮމޯޝަން ކުރިއަށް ދާނެއެވެ. ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް ހާއްސަކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި 20 ޕަސެންޓާ ހަމައަށް ކުލައާއި ދަވާދުން ޑިސްކައުންޓް ލިބިގެން ދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ވިއްކާ "ނިޕޯން ޕެއިންޓް"ގެ ބައެއް ބާވަތްތައް / ދަ ޕްރެސް ފޮޓޯ: އަހްމަދު އިޔާދު

މީގެ އިތުރުން، މި ޕްރޮމޮޝަން ހިނގަމުންދާ މުއްދަތުގައި 1،000 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބިގެންދާނެ ކަމަށާއި، ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ސްކޫޕީއެއްގެ އިތުރުން، އަގުހުރި އެހެން އިނާމުތައް ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކުރިން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ހުންނަ ނިޕޯން ޝޯރޫމް ވަނީ އަމީނީމަގުގައި ހުންނަ ކޮންސްޓްރަކްޝަން ސޮލިއުޝަނަށް ބަދަލުކޮށްފައެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންގެ އިތުރުން، އެ ކުންފުނީގެ ހޯމް އިމްޕްރޫވްމަންޓާއި ހޯލްސޭލް ސެންޓަރުގެ އިތުރުން، ޕީޕަލްސް ޗޮއިސްގައިވެސް ރަމަޟާން ބާޒާރު ކުރިއަށް އެބަދެއެވެ.