ފެލިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބައްޕަ، އަބްދުއްރަޝީދު އަލީ މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަ ވެއްޖެއެެވެ.

އުމުރުން 75 އަހަރުގައި މ. ޒޭވަރު އަބްދުއްރަޝީދު އަވަހާރަވެފައި ވަނީ އިންޑިއާގެ ބެންގަލޫރުގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އަބްދުއްރަޝީދު އަވަހާރަވި އިރު، އަނބިކަނބަލަކާއި، ހަތަރު ދަރިކަލުން، އަދި ތިން ދަރިކަނބަލުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.

އަބްދުއްރަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގައި 20 އަހަރު ވާންދެން އަރިއަތޮޅު ތަމްސީލު ކުރައްވައި، ދެ ފަހަރު އެ އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވުމުގެ އިތުރުން، ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.

އަބްދުއްރަޝީދު އަލީގެ ބައެއް ހިދުމަތްތައް:

  • ފުލުސް ކޯޓުގެ އިސްގާޒީ
  • ބަންޑާރަނައިބުގެ އެހީތެރިޔާ
  • އަހުމަދިއްޔާ ސްކޫލްގެ ފުރަތަމަ ޕްރިންސިޕަލް އަދި ތިންވަނަ ޕްރިންސިޕަލް

އޭގެ އިތުރުން، އަބްދުއްރަޝީދު ވަނީ މައްޗަންގޯޅި އާއި މާފަންނުގެ އަވަށު އޮފީހުގައި ވެސް މަސައްކަތް ކުރައްވާފައެވެ.