އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިސްނަގައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ފަށާފައިވާ އިންޑިއާ އައުޓް ހަރަކާތަށް ތާއީދެއް ނެތް ކަމަށާއި އެކަމުގެ ސަބަބުން ލިބޭނީ ގެއްލުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެއެވެ.
ނަޝީދު ވިދާޅުވީ ރައީސް ޔާމީން އިންޑިއާ އާ ދެކޮޅަށް ހިންގަވާ ހަރަކާތައް ރައްޔިތުންގެ ތާއީދު ނެތް ކަމަށާއި ދިވެހިންނަށް އޭގެ ގެއްލުން ވާނެ ކަމަށެވެ. އަދި ޕީޕީއެމްގެ މެންބަރުންގެ ކިބައިން ގައުމުތަކާ އިދިކޮޅު ހަރަކާތުގައި ބައިވެރިނުވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
ނަޝީދު ވަނީ މީގެ ކުރިންވެސް އިންޑިއާއައުޓް މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާ އެތައް ފަހަރަކު ވާހަކަފުޅު ދައްކަވާފައެވެ. އަދި އިންޑިއާއައުޓް މައްސަލައަށް ގާނޫނީ ހައްލެއް ގެނައުމަށް މަޖިލީހަށް ވައްދާފައި ވާ އިރު، ޔާމީންގެ މޭފުޅުމަތީގައި އިންޑިއާއައުޓް ޖައްސަވައިގެން ނުހިންގެވޭނެ ކަމަށް ވިދާޅުވެ ވެސް ނަޝީދު ނުރުހުން ފާޅުކުރައްވާފައި ވެއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި ވާއިރު މިއަދު ހަވީރު ރައީސް ޔާމީން ބައިވެރިވަޑައިގަންނަވާ "އިންޑިއާ އައުޓް" ހަރަކާތެއް އދ. މަހިބަދޫގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
އިދިކޮޅުން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ސިލްސިލާކޮށް ހިންގާ މި ހަރަކާތް ރަށްރަށުގައި ކުރިއަށް ގެންދަން ފެއްޓީ 5 އަހަރުގެ ޖަލު ހުކުމުން ރައީސް ޔާމީން މިނިވަންވެ ވަޑައިގަތުމަށް ފަހުއެވެ.
އެގޮތުން މި ކެމްޕެއިން ހަރަކާތް ކ. ގުރައިދޫ، ކ. ތުލުސްދޫ، ފ. ނިލަންދޫ، ށ. ފުނަދޫ، ރ. ދުވާފަރު، ރ. މީދޫ އަދި ގދ. ވިލިނގިލިގައި ބާއްވާފައި ވާއިރު އެ ރަށް ރަށުގެ ހަރަކާތުގައި ރައީސް ޔާމީން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި އެ ހަރަކާތުގައި ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާކަން ފާހަގަ ކޮށްލެވެއެވެ.
އިންޑިއާ އާއި ގުޅިގެން ކެނެރީގެ ނަޝީދު ކުރަނީ ބޮޑެތި ވައްކަން ތަކޭ އޭނާ އާއި މިޓަލްގެ ބޮޑޭ ބޮޑު ވަގު މިޓަލް އާއި އެކު ސިއްރު ބައްދަލުވުން ތަކެއް މުރައިދޫ ގޭގައި ބާއްވާ ހެދުމަށް ފަހު އޭނާ ކުރި ކަމަކީ ކައްޕަޅި މިޓަލް އާއި ގުޅިގެން ކައްޕަޅި ސަބްމެރިން ކޭބަލް އެއް ކައްޕަޅި އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އަޅަނީ ކަމަށް ބުނެ އިންޑިއާ ގެ ވަގު ކައްޕަޅި މިޓަލް އަށް 250 މިލިއަން ޑޮލަރު ނަގާ ދައުލަތުގެ ބަޖެޓުން ދިނުމޭ މިފަދަ ބޮޑެތި ވައްކަމޭ ކެނެރީގެ ނަޝީދު އަޑީގައި ހުރެގެން އޭނާ އެކުރަނީ އޭނާގެ ބައްޕަ ކެެނެރީ އަސްތާރު ވެސް ކުރީ ވައްކަމޭ އޭނާ ކްރިކެޓް ކޮންޓްރޯލް ބޯރޑްގެ ބޮޑަކަށް ހުރެގެން މުޅިން ވެސް ވައްކަމޭ ކެނެރީގެ ނަޝީދު ކުރަނީ އޭނާ އަކީ އެއީ ބޮޑު ވަގެކޭ ބޮޑު ވަގެކޭ ބޮޑު ވަގެކޭ...
ގޮވީމަ ބޮޑުތަނުން ވާނީ ފައިދާ.