އަންނަ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން މެންދުރު ފަހު 1 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މަސައްކަތްތައް ރާވާ އިރު، މި ބަދަލަށް ސަމާލުކަން ދޭން ވާނެކަމަށެވެ.

ކޮންމެ ރޯދަމަހަކީވެސް ރަސްމީ މަސައްކަތު ވަގުތު ކުރު މަހެކެވެ. ސިވިސް ސާވިސްގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން އަމިއްލަ އޮފީސްތަކާއި އަމިއްލަ މަސައްކަތުގައި ވެސް ރޯދަމަހު މަސައްކަތުގެ މަވުތު ކުރު ކުރެއެވެ.

ރޯދަ މަހަކީ، ގިނަ ބަޔަކު އަޅުކަމުގައި މަސްއޫލުވެ އުޅޭ މަހަކަށް ވުމާއި، ރޯދައަށް ތިބޭ އިރު ވަރުބަލިވުން ބޮޑުވުން ފަދަ ކަންކަން ދިމާވެއެވެ.

ރޯދަމަހާ ދިމާކޮށް ދިވެހިންގެ މަސައްކަތްތަކަށް ބަދަލުތައް ގެންނަ އިރު، ގޭތެރެ ފޮޅާ ސާފުކުރުމާއި، ބަދިގޭގައި ހިފާ ގެންގުޅޭ ތަކެތި އާކުރުންފަދަ ކަންކަން ކުރެއެވެ.

މިއަހަރުގެ ރޯދަމަހާ ދިމާކޮށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް މިޙާރު ހިނގަމުން އެބަދެއެވެ.