ރަޝިޔާއިން ޔޫކްރައިނަށް ދޭ ހަމަލާތައް ކުށްވެރިކޮށް، އެ ގައުމަށް ދޭ ހަމަލަތައް ހުއްޓުވުމަށް އދ. އިން ރޭ ފާސްކުރި ގަރާރުގައި ރާއްޖޭން އެ ގަރާރާ އެއްކޮޅަށް ވޯޓު ދީފިއެވެ.

ރޭ އދ. އިން ކުއްލި ބައްދަލުވުމެއް ބާއްވާފައި ވާއިރު، 193 ގައުމަކުން އެ ބައްދަލުވުމުގައި ބައިވެރިވިއެވެ. އޭގެ ތެރެއިން 141 ގައުމެއް މި ގަރާރާ އެއްކޮޅަށް ވޯޓު ދީފައި ވާއިރު، ފަސް ގައުމަކުން މި ގަރާރާ ދެކޮޅަށް ވޯޓު ދީފައިވެއެވެ. އެ ގައުމުތަކަކީ:

  • ރަޝިއާ
  • ބެލަރުސް
  • ސީރިއާ
  • އެރިޓްރިއާ
  • އުތުރު ކޮރެއާ

ފާހަގަ ކޮށްލެވޭ ގޮތުގައި އެ ގައުމުތަކަކީ ރަޝިއާ އާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމު ތަކެކެވެ. މި ގަރާރުގައި ރަޝިއާގެ ސިފައިން ވަގުތުން ޔޫކްރައިން ދޫކޮށް ދިއުމަށްވެސް ގޮވާލާފައި ވެއެވެ.

މިއީ 1997 ވަނަ އަހަރުގެ ފަހުން އދ. އިން ކުއްލި ބައްދަލުވުމެއް ބޭއްވި ފުރަތަމަ ފަހަރެވެ.

ވަކި ގޮތަކަށް ވޯޓުދޭން ބޭނުން ނުކި ގައުމުތައް:

  1. ބަންގްލަދޭޝް
  2. އިންޑިއާ
  3. ޗައިނާ
  4. ޕާކިސްތާން
  5. ސްރީލަންކާ
  6. އަލްޖީރިއާ
  7. އެންގޯލާ
  8. އަރްމީނިއާ
  9. ބޮލީވިއާ
  10. ބްރޫންޑީ
  11. ސެންޓަރަލް އެފްރިކަން ރިޕަބްލިކް
  12. ކޮންގޯ
  13. ކިއުބާ
  14. އެލް ސެންވަޑޯ
  15. އިކްއަޓޯރިއަލް ގިނީ
  16. އީރާން
  17. އިރާގު
  18. ކަޒަކިސްތާން
  19. ކިރިގިސްތާން
  20. ލާއޯ
  21. މަޑަކަސްކަރަ
  22. މާލީ
  23. މޮންގޯލިއާ
  24. މޮޒަމްބީކް
  25. ނެމީބިއާ
  26. ނިކަރާގުއާ
  27. ސެނެގާލް
  28. ސައުރު އެފްރިކާ
  29. ސައުތް ސޫދާން
  30. ސޫދާން
  31. ތަޖިކިސްތާން
  32. ޔުގެންޑާ
  33. ޓެންޒޭނިއާ
  34. ވިއެޓްނާމް
  35. ޒިމްބާބްވޭ

ރަޝިއާ އިން ޔޫކްރައިނަށް އަރާ ހަމަލަދޭން ފެށީ މީގެ ހަފްތާއެއް ކުރިންނެވެ. ދިފާއުގައި ޔޫކްރައިނުންވެސް ދަނީ ހަމަލާ ދެމުންނެވެ. އެ ހަމަލަތަކުގެ ސަބަބުން ޔޫކްރައިންގެ އާންމުންގެ މެދުގައި ބިރުވެރިކަން އުފެދިފައި ވާއިރު، އެ ގައުމުން ވަނީ ހަމަލަތަކުން ދިފާއުވުމަށްޓަކައި ގިނަ ބައެއްގެ އެހީތެރިކަމަށް އެދިފައެވެ.

ޔޫކްރައިނަށް ދޭ ހަމަލަތައް ކުށްވެރިކޮށް، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ގައުމުތަކުން ވަނީ ރަޝިއާއަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.