ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ މަންމަ ހ. ކުއީން އަޒީޒާ އަހުމަދު ނިޔާވެއްޖެއެވެ.

އުމުރުން 72 އަހަރުގައި އަޒީޒާ ނިޔާވެފައި ވާއިރު، އަޒީޒާ އަކީ މާލޭގެ ކުރީގެ އެންމެ މަޝްހޫރު އެއް ހޮޓާ އިވްނިން ގްލޯރީގެ ވެރިޔާ އަދި ނިއުރޭޑިއަންޓުގެ ކުރީގެ އެއް މުއައްސިސް ކަމަށްވާ އަހުމަދު ވަހީދު (ކުއީން ވަހީދު) ގެ އަނބިކަނބަލުންނެވެ.

އަޒީޒާ ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އަޒީޒާއަކީ އާޒިމްގެ އިތުރުން، މަޝްހޫރު ފުޓްބޯޅަ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ގެ ވެސް މަންމާފުޅެވެ.