މިއަދު ހެނދުނުގެ ވަގުތެއްގައި ރަޝިއާއިން ޔޫކްރައިންއަށް އަރާ ހަމަލާ ދޭން ފަށާފައި ވާ އިރު މިހާތަނަށް 6 މީހަކު މަރުވެ، އިތުރު 7 މީހުން ޒަހަމް ވެފައި ވާ ކަމަށް، ޔޫކްރައިންގެ ނޭޝަނަލް ޕޮލީސްއާ ހަވަލާދީ ބައިނަލްއަގުވާމީ ހަބަރު ފަތުރސާ ސީބީއެސް ނިއުސްއިން ރިޕޯޓް ކޮށްފިއެވެ.

މީހުން މަރުވެ، އިތުރު ބަޔަކު ޒަހަމް ވެފައި ވަނީ އޮޑީއެއްސާ ސަރަހައްދުން ކަމަށް މައުލޫމާތު ލިބެއެވެ. އަދި ހަމަ އެ ސަރަހައްދުން 19 މީހަކަށް ވީ ނުވީއެއް ނޭނގި ގެއްލިފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.

ޑޮނެޓްކްސް ސަރަހައްދުން އިތުރު 2 މީހަކު މަރުވެފައި ވާ ކަމަށްވެސް ޔޫކްރައިންގެ ނޭޝަނަލް ޕޮލީސްއާ ހަވާލާދީ، ސީބީއެސްއިން ވަނީ މީގެ ބައިގަޑިއިރެއް ހާއިރު ކުރިން ރިޕޯޓް ކޮށްފައެވެ.

މަރުވި މީހުންނާއި ޒަހަމްވީ މީހުން އަދި ގެއްލުނު މީހުންނަކީ އަސްކަރިއްޔާގެ މެންބަރުން ކަމެއް ނުވަތަ އާންމު ރައްޔިތުންގެ ބައެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް އެ ގައުމުގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާފައި ވާއިރު، ހަމަލާ ދެމުން ދަނީ އަސްކަރީ ބޭސްތަކަށް ކަމަށް ރަޝިއާއިން ބުނެއެވެ. ނަމަވެސް މިއިން އެއްވެސް މައުލޫމާތެއްގެ ފުރިހަމަ ސައްހަކަން، ބައިނަލްއަގުވާމީ މީޑިއާއަށް އަދި ކަށަވަރެއް ނުކުރެވެއެވެ.

އިތުރަށް ވިދާޅުވޭ...