ޓައިޑްސް ކެފޭ ކުރިމަތިން އަދި ތާޒުކީ ރޫފް ޓޮޕް ރެސްޓޯރަންޓް ހުންނަ އިމާރަތުގެ ކައިރިއަށް ވާ ގޮތަށް ހުރި ގެއެއްގެ ބިލްބޯޑެއްގައި ރޯވެ، އަނދަމުން އެބަ ދެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ބިލްބޯޑު ހަރުކޮށްފައިވާ ހ. ނޫއަލި ގެއަށްވެސް އަލިފާނުގެ އަސަރުކޮށްފައިވެއެވެ. އަދި އެ ތަނުން ދުންތައް ދަނީ އަރަމުންނެވެ.އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ބިލްބޯޑްގައި ރޯވެ އަނދަމުން ދަނީ ---

އެމްއެންޑީއެފް އިން ބުނީ، ‏ހ.ނޫއަލިގޭގައި ރޯވި އަލިފާން މިއަދު 09:25 ހާއިރު ވަނީ ނިއްވާލާފައި ކަމަށާއި. މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 10 މީހަކު ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލަށް ފޮނުވިފައި ވާ ކަމަށެވެ.‎‎