މިވަގުތު ބޭނުން ޖެހިފައި ވާ އެންމެ ބޮޑު ކަމަކީ އިންޑިއާއާއެކު ވިޔަފާރި ކުރުން ކަމަށާ، މިކަމުގައި 2 ގައުމަށްވެސް ފައިދާ އެބަ އޮތް ކަމަށް، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންއަށް ލަފާ އަރުވާ މުޝީރު، ޢަބްދުލްރައްޒާޤު ދާވޫދު ވިދާޅުވެއްޖެއެވެ.

މީޑިއާއާ ވާހަކަދައްވަމުން މޫޝީރު ދާވޫދު ވަނީ، ކޮންސްޓްރަކްޝަންގެ އިތުރުން ހޮޅިއެޅުމުގެ މަސައްކަތްތަކުގައި އިންވެސްޓް ކުރުމަށް ރަޝިއާއިންވެސް ބޭނުން ވާ ކަމަށް ވިދާޅުވެފައެވެ.

ވިޔަފާރިއާ ބެހޭ ވުޒާރާއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ދާވޫދު ވިދާޅުވީ، އިންޑިއާއާއެކު ވިޔަފާރި ކުރަން ޖެހޭ ކަމަށާ، މިހާރުވެސް އެ ފުރުސަތު ހުޅުވާލަންޖެހިފައި ވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އިންޑިއާއާއެކު ވިޔަފާރި ކުރުމަކީ ހުރިހާ އެންމެނަށްވެސް ފައިދާ ހުރި ކަމެއް ކަމަށާ، ވަކި ހާއްސަކޮށް، ޕާކިސްތާނަށް އޮތް ފައިދާ ބޮޑު ކަމަށާ، އެކަމަށް ތާއީދު ކުރައްވާ ކަމަށްވެސް މުޝީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ސެންޓްރަލް އޭޝިއާ ސަރަހައްދުގައި ޕާކިސްތާނާއެކު ސަރަހައްދީ އިން ހިއްސާ ކުރާ ގައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުން މުހިންމު ކަމަށްވެސް މުޝީރު ދާވޫދު ވަނީ އިޝާރާތް ކުރައްވާފައެވެ.