"މޯލްޑިވްސް ސްޕޯޓްސް އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސްޕޯޓްސް އެވޯޑު ދިނުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.

ސްޕޯޓްސް އެވޯޑަށް ޖުމްލަ 8 ދާއިރާއަކުން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު ޔޫތް މިނިސްޓްރީން ބުނީ މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރު 2 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

ސްޕޯޓް އެވޯޑަށް ނަން ހުށަހެޅޭނެ ދާއިރާތައް:

  • އެތްލީޓް އޮފް ދަ އިޔާ އެވޯޑް (އަންހެން / ފިރިހެން)
  • ސްޕެޝަލީ އޭބަލްޑް އެތްލީޓް އޮފް ދަ އިޔާ އެވޯޑް (އަންހެން / ފިރިހެން)
  • ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔާ އެވޯޑް.
  • މީޑިއާ އޮފް ދަ އިޔާ އެވޯޑް (އޮންލައިން / ބްރޯޑްކާސްޓިން)
  • ސްޕޯޓްސް މެޑިކް އޮފް ދަ އިޔާ އެވޯޑް.
  • މޭލް އެންޑް ފީމޭލް ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔާ އެވޯޑް.
  • މޭލް އެންޑް ފީމޭލް ކޯޗް އޮފް ދަ އިޔާ އެވޯޑް.
  • މޯސްޓް ޕްރޮމިސިން ޔަންގް އެތްލީޓް އޮފް ދަ އިޔާ އެވޯޑް (އަންހެން / ފިރިހެން)

އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން އެވޯޑާއި ގުޅުންހުރި ސެޓްފިކެޓާއި ލިޔެކިޔުންތަކާއި ޕާސްޕޯޓު ސައިޒުގެ ފޮޓޯއާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އެވޯޑާއި ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް ވެސް ހުށަހަޅަން ވަނީ އެދިފައެވެ.

ސްޕޯޓްސް އެވޯޑަކީ ރާއްޖޭގައި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.