ހުޅުމާލޭގައި މޭރީބްރައުންގެ އައުޓްލެޓެއް ހުޅުވައިފިއެވެ.

ވޯޓާސް އެޖްގައި މިއަދު ހުޅުވި ފުރަތަމަ އައުޓްލެޓް މެރީބްރައުން ހުޅުއްވައިދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. ޑިވެލޮޕާގެ ނަމުން ނަންދީފައިވާ ވޯޓާސް އެޖް އަކީ ހުރުވަޅި ބީޗް ރިސޯޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ތަރައްގީކޮށްފައިވާ ވޯޓާ ފްރަންޓް ކޮމާޝަލް ކޮމްޕްލެކްސްއެކެވެ.

މިއަދު އެ އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޑަކުދިންނަށް ފޭސް ޕެއިންޓު ކުރުމާއި ގިވް އަވޭތައް ދީފައިވެއެވެ. އަދި ލައިވް މިއުޒިކް ވެސް ކުރިއަށް ގެންދިޔައެވެ.

ހުޅުމާލޭގައި ހުޅުވި މެރީބްރައުންގެ އައުޓްލެޓް/ ފޮޓޯ: އެޗްޑީސީ

މޭރީބްރައުންގެ އިތުރުން ވޯޓާސް އެޖުގައި ގިނަ އައުޓްލެޓްތަކެއް ހުޅުވުމަށް ހަމަޖެހިފަިވާއިރު އޭގެތެރޭގައި ސީކްރެޓް ރެސިޕީ އާއި ޕިއްޒާ މިއާ އަދި ކޮފީ ރިޕަބްލިކްގެ އައުޓްލެޓު ހިމެނެއެވެ.

ސިނަމާލެ ބްރިޖުން މާލެ އާއި ހުޅުމާލެ ގުޅާލުމަށްފަހު އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ގިނަ ފިހާރަ، ކެފޭ އަދި ރެސްޓޯރެންޓްތައް އަންނަނީ ހުޅުމާލޭގައި ހުޅުވަމުންނެވެ.