ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވަކިވަރަކަށް ސިޔާސީ ބާރުވެރިކަން ފޯރުވުމަށް މަޖިލީހުގެ މެންބަރަކު އިނުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެހެން ވިދާޅުވީ ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސަކީ ދައުލަތުގެ އެއްބާރު ކަމަށާއި އެ މަގާމުގެ ހައިސިއްޔަތުން ޖޭއެސްސީގައި މަޖިލީހުގެ ރައީސް ތަމްސީލު ކުރުމަކީ އުނިކަމެއް ކަމަށެވެ.

ނަމަވެސް ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން އިންތިހާބު ކުރާ ބައެއް ކަމަށް ވާއިރު، އެއިރެއްގައި ރައްޔިތުންގެ ވިންދު ހުރި ގޮތް ތަމްސީލު ކުރަން މަޖިލީހުގެ މެންބަރުން ނޫން ގޮތެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް މަޖިލީހުގެ މެމްބަރުންގެ ތެރެއިން މެމްބަރަކު ޖޭއެސްސީގައި އިނުމަކީ، އެތަނަށް ސިޔާސީ ބާރުވެރިކަން ފޯރަންޖެހޭ މިންވަރަށް ފޯރުމަށް ބޭނުންތެރިކަމެއް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު އިތުރަށް ވިދާޅުވީ ޖޭއެސްސީއަކީ ފަނޑިޔާރުންގެ ކަންކަން ބެލުމަށް އޮތްތަނަކަށްވީއިރު، ޖޭއެސްސީގައި ފަނޑިޔާރުން ގިނަވުމަކީ މަސްލަހަތު ފުށުއެރުން އެކަށީގެންވާ ކަމެއް ކަމަށެވެ.

އެހެންކަމުން ޖޭއެސްސީގައި ހިމެނޭ ފަނޑިޔާރުންގެ އަދަދަށް ބަދަލެއް ގެނައުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި ނަޝީދު ފާހަގަކުރެއްވިއެވެ.