ދެވަނަ ބުރަކަށް ނުގޮސް 30 ޕަސެންޓުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތެއް ކަނޑައެޅުމަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ފާސްކުރުމަށްޓަކައި ވެރިކަންކުރާ އެމްޑީޕީގެ ހާއްސަ ކޮންގްރެސް އެއް ބާއްވަން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.

މިރޭ އެމްޑީޕީން ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާގައި ގިނަ އިސްލާހުތަކެއް ހުށަހަޅުއްވަން ނިންމަވައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި އިސްލާހުތަކާއެކު ނަޝީދު ވިދާޅުވީ، މިހާރުވެސް ގާނޫނުއަސާސީ އިސްލާހުކުރުން ލަސްވެއްޖެ ކަމަށެވެ.

އެހެންވެ އެ ބަދަލުތައް ކަނޑައެޅުމަށްޓަކައި އަންނަ ޖޫން މަހުގެ ކުރިން އެމްޑީޕީން ކޮންގްރެސް އެއް ބާއްވަން ހުށަހަޅަން ނަޝީދު ވަނީ ނިންމަވާފައެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމަށް ނަޝީދު ހުށަހަޅުއްވާ ބަދަލުތައްމިނިވަން މުއައްސަސާތައް އެކުލެވިގެންވާ ގޮތަށް ގެންނަން ޖެހޭ އިސްލާހުތައް ފާސްކުރުންސުޕްރީމް ކޯޓުގައި ތިއްބަވަން ޖެހޭ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުންރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓު 30 ޕަސެންޓަށް ވުރެ މަތިން ހޯއްދަވައިފި ނަމަ، އެ ކެންޑިޑޭޓަކީ އިންތިހާބު ކާމިޔާބުކުރާ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުން، އެހެންނޫނީ އެންމެ ގިނަ ވޯޓު ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި އިތުރު ބުރެއް ބޭއްވުންލާމަރުކަޒީ އުސޫލުތައް އިތުރުކުރުންވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އެ ވޯޓު ނަގާނެ ތާރީހަކާއި އިންތިހާބުގެ ނަތީޖާ އާ އެއްގޮތަށް ގާނޫނުއަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސް އިން ނިންމުންގާނޫނުއަސާސީގައިވާ ގޮތުން މިހާރު ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެވެ. ނަމަވެސް ނަޝީދު އަބަދުވެސް ގެންދަވަނީ ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމަށް ވަކާލާތު ކުރައްވަމުންނެވެ.

ހަމަ އެއާއެކު، ރާއްޖޭގައި ރައީސްކަމަށް އިންތިހާބު ވެވޭނީ ކެންޑިޑޭޓަށް 51 ޕަސެންޓު ވޯޓު ލިބުމުންނެވެ. އެހެންނޫނީ ދެވަނަ ބުރަކަށް ދާން ޖެހޭއިރު، ދެވަނަ ބުރަކަށް ނުގޮސް ނުވަތަ ކޯލިޝަނަކާ ނުލާ މިހާތަނަށް އެއްވެސް ޕާޓީއަކުން އިންތިހާބު ކާމިޔާބުކޮށްފއެއް ނުވެއެވެ.

އިސްކަންދަރު ސްކޫލްގައި މިރޭ އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ކަނޑައަޅާ ޕްރައިމަރީ ބާއްވާނެ ތާރީހުގެ އިތުރުން، ގިނަ ނިންމުންތަކެއް ނިންމަން އެޖެންޑާ ކޮށްފައިވެއެވެ.