އެމެރިކާގައި އަސްލާ އެއްގޮތް ނަމަވެސް ފޭކު ވެކްސިން ކާޑުތަކެއް ވިއްކައިގެން 1.5 މިލިއަން ޑޮލަރު ހޯދި ދެ ނަރުހަކު ހައްޔަރު ކޮށްފިއެވެ.
މިކަން ހާމަކޮށް އެމެރިކާގެ ނިއުޔޯކްގެ ފުލުހުން ބުނީ ހައްޔަރު ކޮށްފައިވަނީ އުމުރުން އުމުރުން 44 އަހަރުގެ މަރީސާ އުރާރޯ އަދި އުމުރުން 49 އަހަރުގެ ޑެވޯނޯ ނަމަކަށް ކިޔާ ދެމީހުން ކަމަށެވެ. އަދި ހައްޔަރު ކޯށްފައިވާ ދެމީހުންނަކީ ވެސް ލައިސަންސް އޮތް ދެ ނަރުހުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ސްކޭމްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މި ދެ ނަރުހުން މަސައްކަތް ކުރާ ކްލިނިކުން މާ ގިނަ އަދަދެއްގެ ބަޔަކު ވެކްސިން ޖަހަމުން ދާކަމަށް ރެކޯޑު ކުރެވި އެކަން ފުލުހުން ގޮސް ތަހުގީގު ކުރުމުން ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކޮށް ބެލި ބެލުމުން އެކަކުގެ ގެއިން 9 ލައްކަ ޑޯލަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައިގައި އިތުރު މީހެއްގެ ބައިވެރިވުމެއް އޮތްތޯ ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު މިކަން އެދެނަރުހުން ކޮށްފައިވަނީ ސްޓޭޓް ޑާޓާބޭސްއަށް ލޮގިން ވުމަށްފަހު ވެކްސިން ނުޖަހާ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ރަޖިސްޓްރީ ކޮށްދީގެންނެވެ.
އަދި އެ ދެ ނަރުހުންގެ އަތުން ކާޑު ގަންނަމުންދިއަ ހުރިހާ އެންމެންގެ ނަން ވެސް ރަޖިސްޓްރީ ކުރަމުން ގޮސްފައިވާ ކަމަށް ބުނެފައިވެއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެމީހުން މި ކާޑުތައް ވިއްކާފައިވަނީ 220 ޑޮލަރާ 85 ޑޮލަރުގެ ރޭޓުތަކުގައެވެ. އެގައުމުގެ ފުލުހުން ދަނީ މި މައްސަލަ ވަރަށް ސީރިއަށް މައްސަލައެއްގެ ގޮތުގައި ބަލަމުން ކަމަށް ފުލުހުން ބުނެއެވެ.