އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ކޮވިޑް-19ގެ ބަލިން ރަނގަޅުވެ މިއަދު މަސައްކަތަށް ނިކުމެ ވަޑައިގެންފިއެވެ.

މި މަހުގެ 23 ވަނަ ދުވަހު ޔުމްނާ ވިދާޅުވީ ޕޮޒިޓިވްވިކަން އެނގިވަޑައިގަތުމާއެކު މިވަގުތު ހުންނެވީ ގޭގައި ކަމަށެވެ. އަދި ކޮވިޑުން އަރައިގަތުމަށްޓަކައި އަދި ކޮވިޑުގެ ބަލިމަޑުކަން ފެތުރުނަ ނުދިނުމަށްޓަކައި އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ޔުމްނާ މިއަދު ވިދާޅުވީ މިހާރު ހާލުކޮޅު ރަނގަޅު ކަމަށާއި މަސައްކަތަށް ނިކުމެ ވަޑައިގެންފައިވާ ކަމަށެވެ. އަދި ދުއާއަކީ ކޮވިޑާއި އެނޫންވެސް ބަލިތައް ތަހަންމަލު ކުރަމުންދާ ފާރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެވުން ކަމަށް ޔުމްނާ ވިދާޅުވިއެވެ.

އިތުރަށް ޔުމްނާ ވަނީ ކޮވިޑްް 19 އިން ރައްކާތެރިވުމަށް ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށާއި މާސްކުއެޅުމަށް އެދިވަޑައިގެންފައެވެ.

މިނިސްޓަރު ޔުމްނާ ކޮވިޑަށް ޕޮޒިޓިވް ރަނގަޅުވެފައިވާއިރު، ޔުމްނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި މަންމާފުޅު ނަސްރީނާ އިބްރާހީމަށްވެސް މީގެ ކުރިން ކޮވިޑު ޖެހިފައިވެއެވެ.