ށ. މިލަންދު އާއި ގދ. ވާދޫ އިން ކޮވިޑް-19 ފެނިގެން އެ ދެ ރަށް މޮނިޓަރިން އަށް ލައިފިއެވެ.

އެއާއެކު، މިލަންދުއާއި ވާދުއަށް އަރާ ފޭބުން މަނާކޮށްފައި ވާއިރު، މޮނިޓަރިން އަށް ލީ ރަށްތަކުގެ އަދަދު ވަނީ 29 އަށް އިތުރު ވެފައެވެ. އޭގެ ތެރެއިން 27 ރަށެއް މޮނިޓަރިން އަށް ލާފައި ވަނީ މިމަހުގައެވެ.

މިއީ މިލަންދޫ މޮނިޓަރިން އަށް ލީ ތިންވަނަ ފަހަރު ކަމަށް ވާއިރު، ވާދޫ އަލުން މޮނިޓަރިން އަށް ލާފައި ވަނީ އެ ރަށް މޮނިޓަރިން އިން ނެގިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.

މިދިޔަ މަހު މޮނިޓަރިންނަށް ލާފައިވާ ރަށްތައް:

  • ކ. މާފުށި
  • ހއ. އިހަވަންދޫ

މިމަހު މޮނިޓަރިންނަށް ލާފައިވާ ރަށްތައް:

  • ހދ. ނޮޅިވަރަމްފަރު
  • ށ. ފުނަދޫ
  • ބ. ދަރަވަންދޫ
  • ދ. ބަނޑިދޫ
  • ލ. ގަން
  • ގދ. ގައްދޫ
  • ރ. އުނގޫފާރު
  • ހދ. ހަނިމާދޫ
  • ކ. ގުރައިދޫ
  • ބ. އޭދަފުށި
  • ހއ. ދިއްދޫ
  • ތ. ގުރައިދޫ
  • ބ. ގޮއިދޫ
  • ޅ. ކުރެންދޫ
  • ކުޅުދުއްފުށި ސިޓީ
  • ލ. ދަނބިދޫ
  • ލ. ހިތަދޫ
  • ށ. ކަނޑިތީމު
  • ވ. ކެޔޮދޫ
  • ނ. ކުޑަފަރި
  • ގދ. ތިނަދޫ
  • ގދ. މަޑަވެލި
  • އދ. މަހިބަދޫ
  • ދ. ކުޑަހުވަދޫ
  • ދ. ހުޅުދެލި
  • ގދ. ވާދޫ
  • ށ. މިލަންދޫ

29 ރަށެއް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައިވާ އިރު، މޮނިޓަރިންގެ ހާލަތަށް ބަދަލު ނުކުރާ ގިނަ ރަށްރަށުން ވެސް އަންނަނީ ކޮވިޑް ކޭސްތައް ފެންނަމުން ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރެއިން ގިނަ ކޭސްތައް ޕޮޒިޓިވް ވެފައި ވަނީ ސްކޫލް ހުޅުވެން ކުޑަތަން ވެފައި ވަނިކޮށް މާލެއިން ރަށްރަށަށް ދިޔަ މީހުންގެ ތެރެއިން ޕީސީއާރް ޓެސްޓު ހަދައި ނަތީޖާ ނުލިބެނީސް ރަށްރަށަށް ދިއުމުން ކަމަށް މައުލޫމާތު ލިބެއެވެ.

މި މަސް ފެށިގެން އައިއިރު 200 އިން ކޮވިޑް ކޭސް ރިޕޯޓް ކުރަމުން އައި ނަމަވެސް މިހާރު ކޭސްތައް އަންނަނީ 3000 އާ ގާތަށް ރިޕޯޓް ކުރަމުންނެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 1000 އިން މަތިން ކޮވިޑް ކޭސްތައް ރިޕޯޓް ކުރާ އިރު ރަށްރަށުން އަންނަނީ 700 އިން މަތިން ކޭސްތައް ރިޕޯޓް ކުރަމުންނެވެ. މި މަހު ތެރޭ މިހާތަނަށް 24،000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.