ކުރިޔަށް އޮތް ރޯދަ މަހަށް ހަނދުބަލާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނަވާނީ ޖަލުގައި ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕެއިނުގައި ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަމްރު ވިދާޅުވީ، އިދިކޮޅުން ކުރާހާވެސް މަސައްކަތަކީ ރައީސް ޔާމީން ޖަލަށް ދާން ޖެހޭނެކަން އެނގޭތީ އެކަން ނުވެ ސަލާމަތް ވެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކަމަށެވެ.
ޔާމީން ޖަލުން މިނިވަން ވެވަަޑައިގަން ނަމަވެސް ޔާމީނަކީ ދައުލަތުގެ މާލިއްޔަތުން އެތައް ރުފިޔާއެއް "ވަގަށް ނަގައިގެން އެއިން ވިޔަފާރިކޮށްފައި ވާ" ފަރާތެއްކަން ސުޕްރީމް ކޯޓުން ކުރި ހުކުމުން ވެސް އެނގޭ ކަމަށް އަމްރު ވިދާޅުވިއެވެ.
ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ނޮވެންބަރު 28 ،2019 ވަނަ ދުވަހު 5 އަހަރުގެ ޖަލު ހުކުމާއި 5 މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ) ޖޫރިމަނާ ދައްކަން ޔާމީންގެ މައްޗަށަ ހުކުމް ކުރިއެވެ. އެހެން ނަމަވެސް ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި ރައީސް ޔާމީން ވަނީ މިދިޔަ ނޮވެންބަރު 30 ވަނަ ދުވަހު މިނިވަންވެ ވަޑައިގެންފައެވެ.
ޔާމީންގެ އިތުރު މައްސަލައެއްވެސް ކްރިމިނަލް ކޯޓުގައި ކުރިއަސް އެބަދެއެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.
ސަރުކާރުގެ އެކިއެކި ވެރިން ޔާމީނަށް "ވަގަށް" ގޮވާއިރު، ރައްޔިތުންގެ ކޯޓުގައި ޔާމީނަކީ މިނިވަނެއް ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.
މިކަހަހަލަ ނގބޅނނ ރައްޔިތުންގެ ކަންކަމާ ކުރިމަތިލަނީ. ބަލާއެއްނު