މަހުގެ އަގު އުފުލުމަކީ އެމްޑީޕީން އަބަދުވެސް މަސައްކަތްކުރާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕެއިނުގައި ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިގޮތުން ނަޝީދު ވިދާޅުވީ ކޮމަންޑޫ ރައްޔިތުންނަކީ މާ ކުރިއްސުރެވެސް މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބެން ޖެހޭކަން ދަންނަ ބައެއް ކަމަށެވެ.
ކޮމަންޑޫގެ މަސްވެރިންނަށް ރަށުގައި ތިބެ މަސްވެރިކަމުން ނަފާ ލިބޭނެހެން މަސް ބަންދުކުރުމާއި އައިސް ލިބޭނޭ ގޮތްތައް ހެދުމަކީ އެމްޑީޕީގެ ވައުދެއް ކަމަށް ވެސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން މި ސަރުކާރުގައި އެ ވައުދާއި ގުޅިގެން ގޭދޮށު މަސް ފެކްޓަރީގެ ސިޔާސަތުގެ ދަށުން އެކަންކަން ފަށައިގެން ކުރިޔަށްދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ މި ސަރުކާރުން ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންކަން ފާހަގަ ކުރައްވާ، އެޖެންޑާ 19ގައި ހިމެނިފައިވާ ގިނަ ވައުދުތައް މިހާރު ފުދިފައިވާ ކަން ފާހަގަކުރައްވާފައެވެ.
މިމީހުން ކޮންމެ ފަހަރަކުވެސް ވެރިކަމުގެ ފަހުކޮޅަށް އެޅުނީމަ، ފަހު 3 އަހަރު ވަރަށް ކަންތައްދައްކާނެ. ސިޔާސީ އިފުރީތަ އަބަދުވެސް އުޅެނީ އެހެން.