ރާއްޖޭގެ މަޝްހޫރު ވެބް ޑިވެލޮޕަރު އަދި މުހައްމަދު ހުސެން މަނިކު (އެސްޓީއޯ މަނިކު) ގެ ދަރިފުޅު އަހްމަދު ރިޔަޒީ މުހައްމަދު (ޑާޑި) ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ މިހާރު އޭނާ ދިރިއުޅޭ މެލޭޝިއާގައި ކޮވިޑް ބޫސްޓާ ޑޯޒް ޖެހުމަށް ފަހު ނިދާލާ ތެދުވެ ކަސްރަތަށް ނިކުމެ އުޅެނިކޮށް ވެއްޓިއެވެ.

އޭނާ ނިޔާވިއިރު ހުރީ ވެބްސައިޓްތަކާއި އެޕްލިކޭޝަން ތަކަށް ބޭނުންވާ އެނިމޭޝަން އުފައްދާ ލޮޓީފައިލްގެ ޕްރޮޑަކްޓް ލީޑްގެ މަގާމުގައެވެ.

ޑާޑި ވަނީ އޭނާގެ އެލައިޑްގައި މަސައްކަތް ކުރެއްވި އިރު ރާއްޖޭގައި ބޭނުންކުރި އެންމެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް ކަސްޓަމާ އެޖެންޓް، އެލައިޑުގެ "އޭޖެންޓް 1600" ތައާރަފު ވެސް ތައާރަފު ކޮށްފައެވެ.