އއ. އަތޮޅުގައި ހިންގާ ސަފާރީ އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ، މި ހާދިސާގެ މައުލޫމާތު ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 4:39 ހާއިރު ކަމަށެވެ. މޫދަށް އެރި އުޅެނިކޮށް މަރުވެފައި އޮއްވާ ފެނުނީ އުމުރުން 61 އަހަރުގެ އަންހެން ފަތުރުވެރިއެއް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަން ފުލުހުން ހާމައެއް ނުކުރެއެވެ.

މަރުވި ފަތުރުވެރިޔާގެ ހަށިގަނޑު މަހިބަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހާ ވަނީ ހޮސްޕިތަަލށް ގެންދިޔަ އިރުވެސް މަރުވެފައި ކަމަށް އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެއެވެ.

ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން ގެނބިގެން މަރުވާ ފަދަ މައްސަލަަތއް ދޭތެރެ ދޭތެރެއިން ފެންމަތިވަމުން އާދެއެވެ. އެ ގޮތުން ދާދި ފަހުން ވެސް ވަނީ ޑައިވިން އަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިފައެވެ.