ގދ. ކާޑެއްދޫ އެއާޕޯޓުގެ ޖެޓީގެ ބައެއް ވެއްޓިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކާޑެއްދޫ ޖެޓީގެ ބައެއް ވެއްޓުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.
ދާދިފަހުން މޫސުން ގޯސްވެ ކާޑެއްދޫ ޖެޓީ ވަނީ ވަރަށް ބޮޑަށް އަރިއަޅާލާފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.
ކާޑެއްދޫ އަކީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި އާއްމުން ބޭނުންކުރަމުން އަންނަ އެއާޕޯޓެކެވެ. ކާޑެއްދޫގެ ބަނދަރު އަލުން މަރާމާތުކުރުމަށް ބޭނުންވާ ދިރާސާ އެއް ހެދުމަށް މިދިޔަ އަހަރު އެމްއާރުޑީސީއާ އާ ހަވާލުވެސް ކުރިއެވެ.
ނަމަވެސް ސުޕްރީމް ކޯޓުގައި އޮތް ކާޑެއްދޫ އެއާޕޯޓުގެ މައްސަލަ ނިންމުމާ އެކު މަރާމާތުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ.