ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް މައްޗަށް ސާބިތުވެއްޖެއެވެ.

ޔާމީންގެ މަރުގެ މައްސަލާގައި ދައުލަތުން 6 މީހުންގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައެވެ.

ޔާމީން ރަޝީދު މައްސަލައިގައި ހިމެނޭ މީހުްން

ދައުލަތުން ދައުވާ އުފުލި 6 މީހުން:

  • އިސްމާއީލް ރަޝީދު، މ. ތާއިފްމުހައްމަދު ދިފްރާން، ސިންދުބާދުގެ / ގދ. ގައްދޫ
  • އިސްމާއީލް ހައިޝަމް ރަޝީދު، ހ. އަންނާރުމާގެ
  • އަހުމަދު ޒިހާން އިސްމާއީލް، ހ. އިރާސްމިކުގެ
  • ހުސައިން ޒިޔާދު، އީސްޓް / މ. ކޮޅުފުށި
  • ހަސަން ޝިފާޒް، މ. ކުދެހިމި

ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ އިސްމާއީލް ހައިޝަމް ރަޝީދާއި އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. މި މައްސަލައިގައި ކުށް ސާބިތުވާ ދެ މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާނީ ވާރިސުންގެ ބަސް ނެގުމަށް ފަހުއެވެ.

ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ މ. ސްޕެޓޫލާގޭގެ ސިޑި ކައިރިން 2017 ވަނަ އަހަރުގެ އޭޕްރީލްގެ 23 ވަނަ ދުވަހުގެ ރޭގައެވެ. ޔާމީން މަރުވެފައި ވަނީ ލިބިފައިވާ ޒަހަމުތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ފަހުން ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ޔާމީން މަރާލާފައިވަނީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލަދީގެން ކަމަށް ވާއިރު، އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހެރުމުގެ އިތުރުން އޭނާގެ މެޔަށް އެކަނި ވެސް 14 ހަމަލާއެއް ވަނީ ދީފައެވެ.