2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ނެޓްފްލިކްގެ އަގު ބޮޑުކޮށް ފީތަކަށް ބަދަލު ގެނައުމަށްފަހު އަނެއްކާ ވެސް އަގުތައް ބޮޑު ކުރުމަށް ނިންމައިފިއެވެ.

ނެޓްފްލިކްސުން އަގުތަކަށް ގެނައި ބަދަލުތަކާ ގުޅޭ ގޮތުން އެ ކުންފުނީގެ ސްޕޯކްސްޕާސަން ބުނީ ބެލުންތެރިންނަށް އެކަށީގެންވާ ކޮންޓެންޓެއް ގެނެސްދިނުމަށް ބޮޑު ހޭދައެއް ކުރަމުންދާ ކަމަށާ، އޭގެ ސަބަބުން އަގުތަކަށް ބަދަލުން ގެނައީ ކަމަށެވެ. އަދި މިއީ އެކަން ހިނގާނެ ގޮތް ކަމަށް ވެސް އޭނާ ބުނެއެވެ.

އޭނާ ބުނީ އަގުތައް ބޮޑު ކުރި ނަމަވެސް އެ ބައެއްގެ ބަޖެޓަށް ފެތޭނެހެން ކޮންޓެންޓުތަކަށް އެކްސެސް ލިބޭނެ ކަމަށެވެ. އަދި ނެޓްފްލިކްގެ އުފެއްދުންތައް މިހާރަށް ވުރެ އިތުރުކޮށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ބުނެއެވެ.

ނެޓްފްލިކްސްގެ އަގުތަކަށް ގެނައި ބަދަލުތަކާއެކު އެންމެ ފުރަތަމަ އަގު ބޮޑު ކޮށްފައިވަނީ އެ ކުންފުނީގެ އެންމެ ބޮޑު މާކެޓް އޮވެމެ، އެ ކުންފުންޏަށް އެންމެ ބޮޑު ތަރުހީބެއް ލިބެމުންދާ އެމެރިކާ އަދި ކެނެޑާގައެވެ.

މި ދެ ގައުމަށް ބަލާއިރު ހަމައެކަނި މި ދެގައުމުން އެކަނިވެސް ނެޓްފްލިކްސްއަށް ސަބްސްކްރައިބްކޮށް ބަލަމުންދާ މީހުންގެ އަދަދު 74 މިލިއަނަށް ވުރެ އިތުރެވެ.

މިހާތަނަށް އައި އިރު އަގުތައް ބޮޑު ކޮށްފައިވަނީ ހަމައެކަނި މި ދެގައުމުގައި ކަމަށް ވީ ނަމަވެސް އެހެން ގައުމުތަކަށް އަގުބޮޑު ކުރާނެ ތާރީހެއް އެކުންފުނިން ހާމަ ކޮށްފައެއް ނުވެއެވެ. މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 214 މިލިއަން މީހުން އަންނަނީ ސަބްސްކްރައިބް ކޮށްގެން ނެޓްފްލިކްސްގެ ޒަރިއްޔާއިން ޝޯތަކާއި ފިލްމުތައް ބަލަމުންނެވެ.