ޗައިނާ އައުޓް ކިޔަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހިތްވަރު ދެއްވައިފިއެވެ.
އެހީގެ ނަމުގައި ޗައިނާއިން ގައުމުތަކަށް ފައިސާ ދިނުމުގައި ގެންގުޅޭ އުސޫލުތަކަށް އެކި ފަރާތްތަކުން ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައި އާޒިމު "ޗައިނާ އައުޓް" ސްލޯގަން އަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކެވުމުގެ ބޭނުމަކީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރަން އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަށް ހިޔަނި އެޅުން ކަަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ރާއްޖެއަކީ އިންޑިއާގެ އިތުރުން ޗައިނާއިން މާލީ އެހީދޭ ގައުމެކެވެ. އަދި އެންމެ ބޮޑު އަދަދެއްގެ ލޯނު ދިވެހި ސަރުކާރުން ދައްކަން އޮތީވެސް ޗައިނާ އަށެވެ.
ރާއްޖެ އެންމެ ބޮޑަށް ދަރާފައިވާ 4 ފަންޑު - ޖުލައި 2021 ގެ ނިޔަލަށް:
- އެކްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާ އަށް 9.4 ބިލިއަން ރުފިޔާ
- އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓަށް 1.6 ބިލިއަން ރުފިޔާ
- އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަނަށް 1.6 ބިލިއަން ރުފިޔާ
- ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓަށް 1.5 ބިލިއަން ރުފިޔާ
އާޒިމް ޗައިނާ އައުޓް ޝިއާރު އާންމު ކުރައްވާފައި ވަނީ، ބީބީސީގައި "ކޮލަންބޯ ޕޯޓް: އާ ދުބާއީއެއް ނުވަތަ ޗައިނާގެ ބާރު ހިނގާ ސަރަހައްދެއް" މި ސުރުހީގެ ދަށުން ލިޔެފައިވާ ރިޕޯޓެއް ހިއްސާކުރައްވައެވެ. އޭނާ ވިދާލުވެފައ ވަނީ އަހަރެމެންނަށް (ދިވެހިންނަށް) ވެސް މި ހާލު ޖެހުމުގެ ކުރިން ޗައިނާ އައުޓް ކިޔަން ފަހަރުގައި ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ކޮލަންބޯގައި ޕޯޓެއް ހެދުމަށް ޗައިނާގެ އެހީއަށް އެދުމުން ޗައިނާއިން އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ބަދަލުގައި ލަންކާގެ 43 ޕަސެންޓް ބިން ޗައިނާއަށް 99 އަހަރަށް ކުއްޔަށް ދޭގޮތަށެވެ. އަދި ޗައިނާއިން ވަނީ އެ ޕޯޓު ހެދުމަށް އެހީގެ ގޮތުގައި ލަންކާއަށް 1.4 ބިލިއަން ޔޫއެސް ޑޮލަރު ދީފައެވެ.
އާޒިމް އަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން އިދިކޮޅުން ހިންގާ ސިލްސިލާ ހަރަކާތްތަކަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން "އިންޑިއާ އައުޓް" ހަރާކާތުގައި ބައިވެރިވެވަޑައިގެން އުޅުވާތީ އާޒިމް ވަނީ ކުރީގެ ރައީސަކަށް ވެ ހުންނަވައިގެން އަވައްޓެރި ގައުމަކާ ދެކޮޅަށް ޔާމީން ދައްކަވާ ވާހަކައިން ދޭހަވަނީ އެމަނިކުފާނުގެ ފެންވަރު ދަށްކަން ކަމަށްވެސް ވިދާޅުވެފައެވެ.
އިންޑިއާ އައުޓް އާޒިމް އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް ސަރުކާރުގެ ކައްޕަޅި ކެބިނެޓް އައުޓް
ޗައިނާ ގެ މިލިޓަރީއެއް މިޤައުމަކު ނެތެވެ.
އެއްކޮޅައް ދެމިއަކަސް ވާނެއްނުވާނެ ދެކޮޅައް ދެމީމާ ވާގޮތެއް އެނގިދާނެ
ބުއްދި ސަލާމަތުންބާ ޗައިނާ އައުޓު ކިޔަން މިތަނުގަ އެބަތިބިބާ ޗައިނާ ސިފައިން .އެއްކަލަ ދަބަަހުގަ ގެންދިޔަ ދިޔާ އެއްޗެތި ޖިއްޕަވައިގެން ތޯއްޗެ ތި ހުންނެވީ
ޗައިނާގެ ސިފައިން ރާޖޭގަ ތިބީތަ ދެން އެހެން ގައުމެއް ރާޖޭގަ ނެތްތަ