ސަރުކާރު ހިއްސާވާ 9 ކުންފުންޏެއް އުވާލުމުގެ މަރުހަލާގައި މަސައްކަތްތައް ކުރިއަށް ދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ވަނީ އުވާލަން ނިންމާފައިވާ 9 ކުންފުނިގެ ނަން ވެސް އާންމުކޮށްފައެވެ.
އުވާލަން ނިންމާފައިވާ ކުންފުނިތައް:
- މޯލްޑިވްސް ނެޝަނަލް ބްރޮޑްކާސްޓިން ކޯޕަރޭޝަން ލިމިޓެޑް
- ފެލިވަރު ފިޝަރީސް މޯލްޑިވްސް ލިމިޓެޑް
- ކޫއްޑޫ ފިޝަރީސް މޯލްޑިވްސް ލިމިޓެޑް
- މަޑިވަރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
- ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް
- ވޯކްސް ކޯޕަރޭޝަން ލިމިޓެޑް
- މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
- ހަޒާނާ މޯލްޑިވްސް ލިމިޓެޑް
- ނެޝަނަލް އިންވެސްޓްމަންޓް މެނޭޖްމަންޓް ކޮމްޕެނީ ލިމިޓެޑް
މި ކުންފުނިތަކުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް ބްރޮޑްކާސްޓިން ކޯޕަރޭޝަން ލިމިޓެޑް އާއި ފެލިވަރު ފިޝަރީސް މޯލްޑިވްސް ލިމިޓެޑް އާއި، ކޫއްޑޫ ފިޝަރީސް މޯލްޑިވްސް ލިމިޓެޑް އާއި މަޑިވަރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އާއި ގަން އެއާޕޯޓ ކޮމްޕެނީ ލިމިޓެޑްގެ އިތުރުން ވޯކްސް ކޯޕަރޭޝަން ލިމިޓެޑް އަކީ 2016 ގައި އުފެއްދި ކުންފުނިތަކެވެ. މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އަކީ 2018 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. ބަކީ އޮތް ހަޒާނާ މޯލްޑިވްސް ލިމިޓެޑް އާއި ނެޝަނަލް އިންވެސްޓްމަންޓް މެނޭޖްމަންޓް ކޮމްޕެނީ ލިމިޓެޑް އަކީ 2019 ވަނަ އަހަރު އުފެއްދި ކުންފުނިތަކެވެ.
ސަރުކާރު ހިއްސާވާ 9 ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރަމުންދާ އިރު، ސަރުކާރުން ވަނީ ސަރުކާރުން ހިންގާ ކުންފުނިތަކުގެ ނިޒާމްތައް ހަރުދަނާކޮށް އެ ކުންފުނިތައް ރަނގަޅު ކުރުމަށް ޕްރައިވެޓައިޒް ކުރަން ނިންމާފައިވާ ކަމަށް މީގެ ކުރިން އިއުލާން ކޮށްފައެވެ.
މި ގޮތަށް ސަރުކަރުން އިއުލާން ކުރި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގައުމީ އެއާލައިން ގެއްލުމުގައި ހިންގަމުން އަންނާތީ އެ ކުންފުނިީގެ ހާލަތު ރަނގަޅު ކުރުމަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމަށް ބޭރުގެ ފަރާތްތަކާ މަޝްވަރާ ކުރަމުން ދާ ކަމަށް ވިދާޅުވެފައެވެ. މިގޮތަށް ކަން ކުރެއްވި ނަމަވެސް ރާއްޖޭގައި ގައުމީ އެއާލައިން އޮންނާނެ ކަމަށާއި ސަރުކާރުން ސަބްސިޑީ ދީގެން ވެސް ގައުމީ އެއާލައިން ދަމަހައްޓާނެ ކަމަށް އެމަނިކުފާނު އޭރު ވިދާޅުވެފައި ވެއެވެ.
މިސަރުކާރު ވަނީ ނޭވާ ހޮޅިއަށް އެޅިފައި ކަން މިހާރު މިދަނީ ސާބިތު ވަމުންނޭ އަދި މިސަރުކާރަށް ކޮމަންޑޫ ދާއިރާގެ ރަައްޔިތުންގެ އެއްވެސް ތާއީދެއް ނެތް ކަން މިދަނީ ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަމުންނޭ ފެންނަމުންނޭ ރައްޔިތުންނޭ ސަރުކާރުން ކުރާ ކައްޕަޅި ކަންކަމަށް އެއްގޮތަކަށް ވެސް ހެއްލިގެން ނުވާނެއޭ ސަރުކާރާއި ދެކޮޅު ކެންޑިޑޭޓަށް ވޯޓް ދީފިނަމަ ކޮމަންޑޫ ދާއިރާ އަށް ކަންކަން ކޮށްދޭނެ ކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކޭ ޔަގީނޭ ޔަގީނޭ ޔަގީނޭ..