ރާއްޖެއަށް 1.7 ކިލޯގެ ކެނަބިސް އެތެރެކުރި މައްސަލައިގައި ހައްޔަރު ކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އާރިފް ސަލާމަތްވެއްޖެއެވެ.
މިދިޔަ ބުރާސްފަތު ދުވަހު ކްރިމިނަލް ކޯޓުން މިމައްސަލާގައި ކުރި ހުކުމްގައި ބުނެފައި ވަނީ މަސްތުވާތަކެތި ފެނުނު އާރިފްގެ ދަބަހަކީ ރާއްޖެއަށް ގެންގޮސްދިނުމަށް އާރިފަށް މީހަކު ހަވާލު ކުރި ދަބަހެއް ކަމަށް އޭނާ ބުނާ ކަމަށާއި އޭގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭ ކަމަށެވެ. އަދި އެ ދަބަސް އޭނާ ހުޅުވާފައި ވެސް ނުވާ ކަމަށް އާރިފް ބުނާ ކަމަށާއި އެ ވާހަކަތައް ބަލައި ވަޒަންކުރުމަށް ފުލުހުންގެ ތަހުގީގުގައި މަސައްކަތް ކޮށްފައި ނުވާ ކަމަށް އެ ހުކުމުގައި ބުނެފައި ވެއެވެ.
މީހެއްގެ މައްޗަށް ކުރާ ދައުވާ ސާބިތުކޮށް ދިނުމަކީ ދައުވާ ކުރާ ފަރާތުގެ ޒިންމާ އަކަށްވާ އިރު އާރިފްގެ މައްޗަށް ކުރާ ދައުވާގައި އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުކޮށް ދެވިފައި ނުވާތީ މި މައްސަަލައިގައި އާރިފް ވަނީ މިނިވަން ވެފައެވެ.
ޖޫން 29، 2018ގައި ރާއްޖެއަށް އައި އާރިފްގެ ދަބަހަކުން، ކަސްޓަމަސްގެ އޮފިސަރުންނަށް މަސްތުވާތަކެތި ފެނިގެން އޭނާ ހައްޔަރު ކުރިއެވެ. ކަސްޓަމްގެ އާންމު އުސޫލާ އެއްގޮތަށް އޭނާގެ އެ ދަބަސް ޗެކް ކުރި އިރު މަސްތުވާތަކެތި ހުރީ ދެ ބެޑްޝީޓެއްގެ ތެރައަށްލާ ފޮރުވާފައެވެ. އެދުވަހު އާރިފްގެ ދަބަހުން ފެނުނު މަސްތުވާތަކެތި ޓެސްޓް ކުރުމުން އެއީ 1.7 ކިލޯގެ ކެނަބިސް ކަމަށް ވަނީ ޔަގީން ކުރެވިފައެވެ.
މި މައްސަލައިގައި އާރިފްގެ މައްޗަށް ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެ ކުރުމުގެ ދައުވާ އުފުލާފައިވާ އިރު، އެ ދައުވާ ތަަކަށް އާރިފް ވަނީ އިންކާރުކޮށްފައެވެ. އަދި އޭނާގެ ދިފާއުގައި އެއްވެސް ހެެއްކެއް ހުށަހަޅާފައި ނުވާއިރު ދައުލަތުން ވަނި އާރިފްގެ މައްޗަށް 12 ހެއްކެއް ހުށަހަޅާފައެވެ.
މިކަމުން އެނގެނީ ޢަދުލު އިންސާފުގެ ދާއިރާ ވެސް ފެއިލް ވެފައިވާ ކަން.
ކިލޯ ކިލޯ އިން ހިފައިގެންއަންނަ ޑުރަގް ކަސްޓަމްސްއިން ހިފެހެއްޓުމުން ތީ އެހެންމީހަކު ދިން ފޮށްޓެކޭ ބުނެގެން ސަލާމަތްވާނެ އެހެން ޤައުމެއް މި އުޑުދަށުގަ ވާނެބާ.
އަޅެ ކޯޓަކުން ތަހުގީގު ފުރިހަމަ ކުރަން ނޭންގޭނެތަ؟ ރޯމާދުވާލުހެން އަތުލައިގަތީމާ އެދޫކޮށްލަނީ ތަހުގީގޭ މުންޖެކޭ ކިޔާފަ.ނުވަންޏާ އިސްތިއުފާދީފަ ޢުމަރު ނަސީރު އާ މިގައުމު ހަވާލު ކުރޭ.
ތިހާބައިވަރު އެތެކުރަނީ ހިލަމެއްވެސް ނުވެތަ
ގުޅިގެން ހިންގާ ޖަރީމާ ތަކެއް ކަމުގައި ނުވެ ނުދާނެ.
ކުދިންނޭ ވަކި ކަމެއްވީމަ ދޯ ގާނޫނުތަކެއްހަދާފަހުންނަނީ އެޤާނޫނުތަކާއެއްގޮތަ ތަހްޤީގުކުރުން ވިޔަސް ހައްޔަރުކުރުން ވިޔަސް ހިލާފްވެއްޖިޔާ ޤާޒީ ޖެހޭނީ އެގޮތަނިންމަން ތިޔާގެ ތެރޭން މީހަކާދޭތެރޭ ބަޔަކު ރާވައިގެން ކުށެއްގެ ތެރެޔަ ގަންބައި ފިޔާ ދެންބުނާ ނީކީކޭތޯ އިންސާފޭތޯ ނޫނީ ނާއިންސާފޭތޯ؟