ސެޓެލްކޯއިން އދ. ދިގުރަށަށް ގެންދިޔަ ސްޓެވޯ ބްރޭންޑްގެ ޖަނަރޭޓަރުސެޓާއެކު އެ ރަށުގެ ކަރަންޓުގެ ކެޕޭސިޓީ 1518 ކިލޯވޮޓަށް އިތުރުވެއްޖެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު އިފްތިތާހުކުރި ސްޓެލްކޯގެ ސްޓެވޯ ވޯކްޝޮޕުން އެސެމްބަލްކޮށްފައިވާ ސްޓެވޯގެ STW600 ޖަނަރޭޓަރުސެޓް އދ. ދިގުރަށަށް ފޮނުވައިފައިވާއިރު މި އާ ޖަނަރޭޓަރާއެކު ދިގުރަށުގެ ކަރަންޓުގެ ކެޕޭސިޓީ 918kW އިން 1518kW އިތުރުކުރެވި އެކަމުގެ ފައިދާ ދިގުރަށަށް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެވޯގެ ފުރަތަމަ ޖަނަރޭޓަރުސެޓް އދ. ހަންޏާމީދޫއަށް ގެންގޮސްފައިވާއިރު އެ އަތޮޅު ދަނގެތީގައިވެސް ސްޓެލްކޯގެ މަޝްރޫއެއް އަންނަނީ ކުރަމުންނެވެ.

ދަނގެތީގައި ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ސްޓެލްކޯ

ދަނގެތީގައި ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ފަށައިފައިވާއިރު މި މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި އެ މަސައްކަތުގެ ދަށުން މިހާތަނަށް 3660 މީޓަރުގެ ކޭބަލް ވަޅުލައިފާވާ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.