ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެރަށަށް މިއަދު ވަޑައިގެންއިފިއެވެ.

އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ލޯންޗު ކުރުމުގެ ޖަލްސާއަށް މިރޭ ބޭއްވުމަށް ހަމަޖެހިފައި ވާއިރު މި ޖަލްސާގައި މާލޭގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

ރައީސް ސޯލިހު ކޮމަންޑުއަށް ވަޑައިގަތުމަށްޓަކައި މިހާރު ރ. އިފުރު އެއާޕޯޓަށް ވަޑައިގެންފައި ވާއިރު އެމަނިކުފާނާއެކު ކެބިނެޓުގެ ބައެއް މިނިސްޓަރުން ވަނީ ވަޑައިގެންފައެވެ.

އެމްޑީޕީ، ޕީޕީއެމް އާއި އެމްއެންޕީންވެސް އެ ދާއިރާއަށް ވާދަކުރައްވައެވެ. އެގޮތުން، އެ ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓަކީ މޫސާ ފަތުހީއެވެ. އަދި އެމްއެންޕީން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސްއެވެ.

އެ ދާއިރާގައި ކޮމަންޑޫގެ އިތުރުން މަރޮއްޓާއި ފޯކައިދޫ ހިމެނޭއިރު ވާދަކުރާ 3 ޕާޓީއިންވެސް އަންނަނީ ފޯރީގައި ކެމްޕޭން ކުރަމުންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގައެވެ. އެ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށް މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.