ހެލްތް ޕްރޮޓެކްޝަން އެޖެންސީން ޓޫރިސްޓް އުޅަނދުފަހަރު އޮޕަރޭޓް ކުރުމަށް ކަނޑައަލާފައިވާ ގައިޑަލައިނާ ހިލާފްވި އުޅަނދެއްގެ ނަން ސިއްރުކޮށް ހުއްދަ ބާތިލް ކޮށްފިއެވެ.
ޓޫރިޒަމާ ސުވާލު ކުރުމުންވެސް އެއީ ކޮން އުޅަނދެއްކަން ނުބުނުމުން ގަވައިދާ އެއްގޮތަށް ރާއްޖޭގައި އޮޕަރޭޓް ކުރާ ބޮޑެތި ކުންފުނިތަކުން ދުއްވާ އުޅަނދުތަކަށްވެސް ރައްދު ވެއެވެ. އަދި ގަވައިދާ ހިލާފުވީ އެފަދަ ކުންފުންޏެއްގެ އުޅަނދެއްކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ޕީސީއާރް ޓެސްޓު ކުރުމުގެ މިންގަނޑުތަކާ ހިލާފުވެގެން ފަތުރުވެރިންނަށް ހިދުމަތް ދޭ ޓޫރިސްޓް އުޅަނދަކަށް ދޫކޮށްފައިވާ ހުއްދަ ވަނީ ވަގުތީ ގޮތުން ހިފަހައްޓާފައި ކަމަށެވެ. އަދި އެކަން މޯލްޑިވްސް އިމިގްރޭޝަނަށް އަންގާ އެ އިދާރާގެ ލިސްޓުން ވެސް އެ އުޅަނދުގެ ނަން އުނިކޮށްފަިއވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
އެ އުޅަނދަށް އަލުން ހުއްދަ ދެވޭނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ "ޕަބްލިކް ހެލްތް އިންޓަވެންޝަން ޓު ޕްރިވެންޓް ކޮވިޑް-19 ޓްރާންމިޝަން އިން ދަ ޓޫރިޒަމް ސެކްޓާގެ ވާޝަން ހަތަރެއްގެ ގައިޑްލައިންގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ޓޫރިސްޓް އުޅަނދުގެ ކަންތައްތައް ހުރިތޯ ބަލައި ކަށަވަރު ކުރުމަށް ފަހުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ..
މި ދުވަސްވަރަކީ ދުނިޔޭގައި އޮމިކްރޯން ވޭރިއަންޓް ފެތުރެމުންދާ ދުވަސްވަރަކަށް ވާތީ، ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަނުން ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގައި މިހާރު ކޮވިޑް ކޭސްތައް ރިޕޯޓް ކުރަމުން އަންނަ މިންވަރު އަންނަނީ ދުވަހެއް ދުވަހެއް މަތިވަމުންނެވެ. އެ ގޮތުން މިހާރު ކޭސްތައް 200 އިންމަތިން ރިޕޯޓް ކުރާތާ ވިދިވިދިގެން 3 ދުވަވެފައިވާ އިރު އޮޕަރޭޓއ ކުރަމުން އަންނަ ރިޕޯޓްތަކުން ވެސް ކޭސްތައް އިތުރުވަމުން އަންނަ ތަން ފެނެއެވެ. އެގޮތުން މި ވޭތުވެ ތިން ދުވަހަށް ބަލާއިރު ވެސް ރިސޯޓްތަކުން ރިޕޯޓް ކުރާ ކޭސްތައް 70 އާއި 100 އާ ދެމެދުގައި އަންނަނީ ރިޕޯޓް ކުރަމުންނެވެ.
އިންޑިއާ އައުޓް ގޮވުމާއި ގުޅިގެން ފުލުހުން ދިވެހި ރައްޔިތުން ހައްޔަރު ކުރުމުން ދިވެހިންގެ ހިތް ތަކުން އިންޑިއާ އައުޓް ފުހެވިގެން ނުދާނެއޭ ތިޔާ ގޮަތަށް ފިރުއައުނު ވެސް އުޅުނޭ އޭނާގެ ވެރިކަން ވެއްޓިދާނެތީވެ މުޅި ގައުމަށް އުފަންވާ ހުރިހާ ފިރިހެން ކުދިން މަރަމުން އެންމެ ފަހުން އޭނާގެ ގޭގައޭ މޫސާގެ ފާނު ބޮޑުފުޅުވެ އޭނާގެ އަޖަލު އައިސް ޖެހުނީ އިންޑިއާ އައުޓް އެއީ ދިވެހިން ހިތްތަކުގައި ބިންވަޅު ނެގިފައިވާ ޝިއާރެކޭ މިއަދު ދެން އެ ޝިއާރުގެ އަޑު ކަނޑުވާނުލެވޭނެއޭ...