ވ. ފުއްސަރު ކައިރިން އަޑިއަށް ދިޔަ ދޯނީގައި ތިބީ 2 ބިދޭސީންނާއި އެއް ދިވެއްސެކެވެ.

އެ ދޯނީގައި ތިބީ ތިން މީހުން ކަމަށް މީގެ ކުރިން އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެއީ ބަންގްލަދޭޝް ދެ މީހުން ކަމާއި އެއް ދިވެއްސެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ފ. ފީއަލިން ފުރައިގެން މާލެއަށް ދަތުރު ކުރަމުން ދިޔަ "އަލަމާ-5" ނަމަކަށް ކިޔާ ދޯނި ވ. ފުއްސަރުގެ ހުޅަނގު ދެކުނުން 4 ނޯޓިކަލް މޭލު ބޭރުން ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ހޯދަން ކުރި މަސައްކަތުގައި އަދިވެސް އެ ތިން މީހުންނާއި އަޑިއަށް ދިޔަ ދޯނި ފެނިފައެއް ނުވެއެވެ.

ނަމަވެސް އެ ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ފ. އަތޮޅުގެ އުތުރުން 1 ނޯޓިކަލް މޭލު ބޭރުން، އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިފައިވާ ކަމަށް އެ ފަރާތުން ބުނެއެވެ.

އެމްއެންޑީއެފުން އަދިވެސް ދަނީ އެމީހުންނާއި އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.